
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮނޑޭ ވިދާޅުވީ ވެރިކަމަށް އެމްޑީޕީ އައީ ސަރުކާރުގެ 40 ޕަސެންޓު ލިބޭ ގޮތަށް ކަމަށާއި، ނަމަވެސް އަދި މިހާތަނަށް އެމްޑީޕީއަށް އެމިންވަރު ނުލިބޭކަމަށް ބޮނޑޭ ވިދާޅުވިއެވެ.ބޮނޑޭ ވިދާޅުވީ މިއަދު ސަރުކާރު ހިނގަމުން ދަނީ ޝެއިހް އިމްރާން އާއި ގާސިމް އިބްރާހިމް އާއި ރައީސް މައުމޫންކަމަށެވެ. އަދި ވެރިކަން ގެނައުމަށް އެންމެ ބޮޑު ގުރުބާނީއެއްވި އެމްޑީޕީގެ ރައީސް އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ހުރީ އެކަހެރިކޮށްފައި ކަމަށެވެ. އަދި އެކަން އެމްޑީޕީ މެމްބަރުން ބަލައި ނުގަންނާނެކަމަށް ބޮނޑޭ ވިދާޅުވިއެވެ."އެ 40 ޕަސަންޓަށް ހައްގުވާ މިންވަރެއް ވެސް ނުދޭ. އަޅުގަނޑުމެންގެ މަދު ވަޒީރެއް ތިއްބެވީ. ދެން މިރާއްޖެ ހިންގަމުން ދަނީ ޝައިހް އިމްރާން. މިރާއްޖެ ހިންގަމުންދަނީ ގާސިމް އިބްރާހީމް. މިރާއްޖެ ހިންގަމުންދަނީ މައުމޫން އަބްދުލްގައްޔޫމް،" ސަރުކާރަށް ފާޑުވިދާޅުވަމުން ބޮންޑޭ ވިދާޅުވި އެވެ.