ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރާއިރު، ރާއްޖޭގައި މީޑިއާ އޮތީ ސަރުކާރުގެ ޖީބުގައި: ޝަހީދު
ހުސެން ރަޝީދު
04 މެއި 2022 - 13:07
0
comments
ޑރ.އަހްމަދު ޝަހީދު
Tweet
Telegram
ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރާއިރު، ރާއްޖޭގައި މީޑިއާ އޮތީ ސަރުކާރުގެ ޖީބުގައި ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރ އަދި އދ.ގެ ޚާއްޞަ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ޝަހީދުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި މިވަނީ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ދުނިޔޭގެ ނޫސްވެރިކަމުގެ ރޭންކިންގައި 15 ދަރަޖަ ފަހަތަށް ރާއްޖެ ވެއްޓިފައި ވަނިކޮށެވެ.
ޝަހީދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކުރާއިރު، ރާއްޖޭގައި މީޑިއާ އޮތީ ސަރުކާރުގެ ޖީބުގައި ކަމަށެވެ. ކަންކަމާ ގުޅޭ މައުލޫމާތު ސަރުކާރުން ދިނުމުގައި ދޭ ސަމާލުކަން ދަށަށް ގޮސް، ސަރުކާރުން ފަތުރާ ސައްޙަ ނޫން ނުވަތަ ދޮގު މަޢުލޫމާތު ފެތުރުން އިތުރުވެފައިވާކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
"މީޑިއާ މަނިޕިއުލޭޓްވެސް ވަނީ އިތުރު. ކަންތައްތައް އޮޅުވާލުމާއި ފޮރުވުން ދަނީ ކުރިއަށް." ޝަހީދު ވިދާޅުވިއެވެ.
ޝަހީދުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވެސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އަމިއްލަ އެޖެންޑާތައް ފެތުރުމަށް ދައުލަތުން މީޑިއާތަކަށް މިލިއަނުން ހަރަދު ކުރަމުންދާ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑު ވިދާޅުވެފައި އެވެ.
އިތުރަށް ކިޔާލަން:
ސަރުކާރުގެ އަމިއްލަ އެޖެންޑާތައް ފެތުރުމަށް ދައުލަތުން މީޑިއާތަކަށް މިލިއަނުން ހަރަދު ކުރޭ: އީވާ
މިއަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ލައްވާލާފައިވަނީ 87 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގައެވެ. މިއީ 15 ދަރަޖައިގެ ވެއްޓުމެކެވެ. އެހެން ނަމަވެސް ރައީސް ސޯލިހް ވަނީ މީޑިއާގެ މިނިވަންކަން ފުރިހަމައަށް އޮތް ކަމަށް ވިދާޅުވެފައެވެ.
އިތުރަށް ކިޔާލަން:
ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު އުފާކުރަން: ރައީސް
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖޭގެ ނޫސްތަކަށް އިންޑިއާ އިން ނުފޫޒު ފޯރުވުން ކަމަށެވެ. މީގެއިތުރުން އިދިކޮޅުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބޭނުންވާ މައުލޫމާތު ހިއްސާކުރުމުގައި ސަރުކާރުން އެއްބާރުލުން ނުދޭ މައްސަލަ ވެސް އިދިކޮޅު ކޯލިޝަނުން ފާހަގަކޮށްފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
12 ދުވަސް ކުރިން
0
މީޑިއާގެ މިނިވަންކަމާއި ޒިންމާދާރުކަން ދަމަހައްޓާނަން: ރައީސް
13 ދުވަސް ކުރިން
0
އަދިވެސް ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭ
28 ދުވަސް ކުރިން
0
އަންނަ މަހު 3ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނަން: ރައީސް
2 މަސް ކުރިން
0
ހުސެން އެމްއެމްސީން އިސްތިއުފާ ދެއްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
7 މިނެޓް ކުރިން
0
މިނިސްޓަރު އަމީނަށް އިތުބާރު އޮތް ކަަމަށް ފާސްކޮށްފި
1 ގަޑިއިރު ކުރިން
0
ހޮވާ މީހުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭންޖެހޭ: ރައީސް
2 ގަޑިއިރު ކުރިން
0
ސީޕީއަށް ގުޅީ ގެ ބަލާ ފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ބުނަން: އަމީން
3 ގަޑިއިރު ކުރިން
0