
ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުން ބަޔާން ނެރެފައި މިވަނީ ބޮމުގެ ހަމަލާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތުމަށްފަހު، ތުހުމަތު ކުރެވޭ މީހުން ކްރިމިނަލް ކޯޓަށް ނުގެނައުމާ ގުޅިގެން ޝަރީއަތް ކެންސަލް ވުމުންނެވެ.ވިއްސާރަވެގެން ތުހުމަތު ކުރެވޭ މީހުން މާލެ ނުގެނައުމުން، އެކަމާ ކަރެކްޝަންސް ކުށްވެރިކޮށް ވަކީލުން ބުނީ މިއަދަކީ މާލެ ސަރަހައްދުގެ މޫސުން ހަމައެކނި ގޯސްވީ ދުވަސް ނޫން ކަމަށެވެ. އަދި މޫސުން ގޯސްާނަމަ ތުހުމަތު ކުރެވޭ މީހުން އޭގެ ކުރީ ދުވަހު ގެނެސް މާލޭ ޖަލެއްގައި ބެހެއްޓުމުގެ އިންތިޒާމްވެސް ހަމަޖެއްސޭނެ ކަމަށެވެ.ކަރެކްޝަންސްގެ ބަންދުގައި ތިބި އެ މީހުން މިއަދު ކޯޓަށް ހާޒިރު ނުކުރެވުނީ ކަނޑުގަދަވުމުން އެ މީހުން މާލެއަށް ނުގެނެވުމުން ކަމަށް ކަރެކްޝަންސްއާ ހަވާލާދީ ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.މީގެ އިތުރުން މި މައްސަލައިގެ ޝަރީއަތްތައް އޮންނާނެ ދުވަސްތައް މިމަހު 15 ވަނަ ދުވަހުން ފެށިގެން މީޑިއާގައި އިއުލާންކޮށްފައިވާ ކަމަށާއި، އެއީ 30 މެއި، 9 ޖޫން، 12 ޖޫން އަދި 13 ޖޫން ކަން ވެސް ވަކީލުން ފާހަގަކޮށްފައިވެއެވެ.މިއަދު ހެނދުނު 9:00 އަށް ތާވަލްކޮށްފައިވަނީ މި މައްސަލައިގައި ދައުވާކުރި ތަހުމީނު އަހުމަދާއި، މުޖާޒު އަހުމަދާއި، އިސްހާގު އަދި ފަހުމީ އަލީ އާއި އަލީ ހައިޝަމްއެެވެ.މި މައްސަލަ އޮބްޒާވް ކުރުމަށް ރައީސް ނަޝީދުގެ ވަކީލުންގެ ފަރާތްޕުޅުން ކޯޓުގައި އެދުމުން ކޯޓުން ވަނީ އެ ހުއްދަ ވެސް ދީފަ އެވެ. މިއަދުގެ ޑުއެހުމުގައި އޮބްޒާވަރުން ބައިވެރިވުމަށް ކޯޓަށް ދިޔަ އެވެ.