
ފެނަކައިން މިއަދު ބުނީ، ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރ ޓެސްޓް ކުރުން، މުޅި ރާއްޖޭގައި، އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިހާރަށްވުރެ އަވަސް މަގުން މީޓަރ ޓެސްޓްކޮށް ރައްޔިތުންނަށް އެކަށީގެންވާ އަވަސް މިނުގައި ދެމެހެއްޓެނިވި ހިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އެ ކުންފުނިން މިހާރުވަނީ މީޓަރ ޓެސްޓިން ބެންޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.އެ ކުންފުނިން ވިދާޅުވީ މީޓަރ ޓެސްޓް ކުރުމުގެ ޚިދުމަތް ތަޢާރަފް ކުރުމުން، މިހާރު ރައްޔިތުންނަށް އެ ޚިދުމަތް ލިބޭ އަގަށްވުރެ އެތައް ގުނައެއް އަގު ހެޔޮވެގެންދާނެކަމަށެވެ. އަދި މިހާރު ޚިދުމަތަށް ނަގާ މުއްދަތަށް ވުރެ އަވަސްކޮށް ޚިދުމަތް ލިބި، ރައްޔިތުންނަށް ހުރިހާ ގޮތަކުން ލުއި ފަސޭހަ ވެގެންދާނެކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.