ޚަބަރު
ރައީސް ކަމަށް ރުކުން ހަމަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ރައީސް ނަޝީދު
އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް "ރުކުން" ހަމަ ބޭފުޅެއް ކަމަށާ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުން ކުރިއަށް ގެންދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް "ރުކުން" ހަމަ ބޭފުޅެއް ކަމަށް ވެސް ނަޝީދު މިރޭ ވިދާޅުވިއެވެ.

އެމްޑީޕީ ޕްރައިމަރީގައި ބަލިވެއްޖެނަމަ ޕްރައިމަރީ ކާމިޔާބު ކުރާ ކެނޑިޑޭޓަކަށް ރައީސް ނަޝީދު ތާއީދު ކުރައްވާނަންތޯ ސުވާލު ކޮށްފައެވެެ.

"އަޅުގަނޑު އެއްވެސް އިންތިހާބަކަށް ނުނިކުންނަން ބަލިވާނެ ކަމަކަށް ނިންމައިގެނެއް. ނުވަތަ ކާމިޔާބު ނުލިބޭނެ ކަމަކަށް ދެކިގެނެއް. އެހެންވީމަ ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް އަޅުގަނޑު ނިކުންނާނީ ކާމިޔާބު ކުރުމަށް. ދެން އަޅުގަނޑު ދެކޭނީ ކާމިޔާބު އަދި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަަޝީދު ވިދާޅުވީ އެމަނިކުފާނު އެއްވެސް އިންތިހާބަކަށް ނިކުންނަވަނީ ނާކާމިޔާބު ވާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި އިންތިހާބުން ކާމިޔާބު ވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ފަހަށް ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ރައީސް ސޯލިހް 2018 ގައި ވާދަކުރެއްވި އިރު އެފަހަރު އަބްދުﷲ ޝާހިދު ވެސް ބައްދަލުކުރެއްވި ކަމަށާއި، ކެނޑިޑޭޓެއްގެ ގޮތުގައި ނިކުތުމަށް ޝާހިދު އެދިވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް 2018 ގައި ނިކުތުމަށް އެންމެ ރަނގަޅީ ސޯލިހް ކަމަށް ދެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޝާހިދު އަރިހުގައި ވެރިކަމަށް ކުރިމަތިލުން މަޑުކުރަން ދެންނެވި އިރު، ޝާހިދަކީ ވެރިކަން ކުރުމަށް ހުރިހާ ރުކުނެއް ހަމަވާ ބޭފުޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެމްޑީޕީން ރިޔާސީ ޓިކެޓްގައި ނިކުންނާނީ 3 ވަނަ ބޭފުޅެއް ތޯ އެކަން ކުރިއަށް އޮތް ހަފްތާތަކުގައި ސާފުވާނެ ކަމަށެވެ. 

އިތުރަށް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީން ނިކުންނާނީ ތިން ވަނަ ބޭފުޅެއްތޯ އެ ސުވާލު އެމްޑީޕީ ހުރިހާ މެންބަރުން ވެސް ކުރައްވާނެ ކަމަށާއި ގަބޫލުކުރައްވަނީ މި ސުވާލުތަކުގެ ޖަވާބު ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ލިބޭނެ ކަމަށް ކަމަށެވެ.

"ކުރިއަށް އޮތްތަނުގައި ރިޔާސީ ޓިކެޓްގައި އެމްޑީޕީން ނިކުންނާނީ ތިންވަނަ ބޭފުޅެއްތޯ އެ ސުވާލު އަޅުގަނޑު ހިތުން އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ކުރައްވާނެ. ދެން އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް މި އޮތް ހަފްތާތަކުގެ ތެރޭގައި މިކަންކަމުގެ ޖަވާބު ސާފު ވެގެން އަންނާނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ދެވަނަ ދައުރަަކަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ސޯލިހް ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު