
އުމަރު މިގޮތަށް ވިދާޅުވެފައި ވަނީ ގިނަ އަދަދެއްގެ ދިވެހިންނާ އެއްޖިއްސުން ގުޅުން ހިންގައި، ވީޑިއޯކުރި ބަންގްލަދޭޝް މީހެއްގެ މައްސަލަ އާއި، ބައެއް މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ އާއި އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯއެއް ލީކްވެފައިވާ ދަނޑިވަޅެއްގައެވެ.ވީޑިއޯ އިން ފެންނަ ކަމަށް ބުނާ ބަންގާޅު މީހާވެސް މިހާރު ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. ނަމަވެސް ތުހުމަތުވާ މީހުން ހައްޔަރު ކުރަން ފުލުހުން ފަސް ޖެހޭ ކަމަށް އާންމުންގެ ގިނަ ބަޔަކު ދެކެއެވެ. އަދި އެ މައްސަލައަށް ނުފޫޒު ގަދަ ބާރެއް ވަދެފައިވާ ކަމަށް ދެކެއެވެ.އުމަރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަަނީ، ލިވާތު ކުރުމަކީ ބޮޑުކަމެއް ނޫން ކަމަށް ދައްކާ، ރާއްޖޭގައި އެކަން ފެތުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެެވެ.އަދި މި މަސައްކަތުގައި، ރާއްޖޭގައި އޮފީސް ގާއިމް ކޮށްގެން ތިބެ މަސައްކަތްކުރާ ބައިނަލް އަގްވާމީ ޖަމާއަތްތަކާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ ޖަމާއަތްތައްވެސް ހިމެނޭ ކަމަށް އުމަރު ވިދާޅުވިއެވެ."ކޮންމެ ގައުމެއްގައި ވެސް އެ ގައުމަކުން ގަބޫލުކުރާ ދީނީ އަދި އަހްލާގީ މިންގަޑުތަކެއް ހުންނާނެ. އެ މިންގަޑުތައް ދިފާއުކޮށް އެ މިންގަޑުތައް ދެމެހެއްޓުމަކީ އެ ގައުމަކުން ކުރަން ޖެހޭނެ ކަމެއް،"