ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އަންގާރަ ދުވަހު މޫސުން އަލިވާނެ: މެޓް އޮފީސް
މަރިޔަމް އަނާ
03 ޖުލައި 2022 - 13:25
0
comments
Tweet
Telegram
ރާއްޖެއަށް މިހާރުކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ އަލިވާން ފަށާނީ އަންގާރަދުވަހުން ފެށިގެންކަމަށް މޫސުމާ ބެހޭ ޤަޢުމީ ޢިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން އަންގާރަ ދުވަހު މޫސުން އަލިވާނެ ކަމަށް ބެލެވުނު ނަމަވެސް މިއަދާއި މާދަމާ ވެސް މޫސުން ފެންނަނީ ގޯސްކޮށް ކަމަށާއި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަކަށްވެސް ބޯކޮށް ވާރޭ ވެހޭނެ އެވެ.
މޫސުމާ ބެހޭ ޤައުމީ ޢިދާރާއިން ބުނީ ހއ.އަތޮޅުން ފެށިގެން ލ.އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭއިރު ދެކުނުގެ 4 އަތޮޅަށް ކެރީގެ އަސަރުފޯރާނެކަމަށެވެ. އަދި ދެކުނަށް 7 މޭލާއި 16 މޭލާއި ދެމެދުގެ ވައިޖެހޭއިރު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް 10 މޭލާއި 20 މޭލުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ ޢިދާރާއިން ބުނެއެވެ. މީގެއިތުރުން ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ ޢިދާރާއިން ބުނެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގައި 4 ފޫޓާއި 7 ފޫޓާއި ދެމެދު ރާޅުގެ އުސްމިން އުޅޭއިރު ދެކުނުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުރީ 4 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކަނޑުތައް ގަދަވެ، ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިއަދުވެސް ރާއްޖޭގެ އެކި ހިސާބަކަށް އުދައެރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އަދި މިދުވަސްކޮޅު ދިޔަވަރު ބޮޑުވަނީ މެންދުރުފަހު 2:30 އާއި 3:30 އާއި ދެމެދުގައެވެ.
ކުރިއަށްއޮތް 24 ގަޑިއިރު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ދަތުރަށް ފެށުމުގެ ކުރިން އެޢިދާރާއިން ދީފައިވާ މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތުުތަކަށް ބެލުމަށްފަހު ނޫނީ ދަތުރުތައް ނުރޭވުމަށް އިލްތިމާސްކުރައްވާފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ވިއްސާރައަށް ތައްޔާރުވާން ކާރިސާ ކޮމިޓީއެއް އުފައްދައިފި
1 މަސް ކުރިން
0
އިއްޔެ އެންމެ ވިއްސާރަކުރީ މާލެއަށް
1 މަސް ކުރިން
0
ބޯކޮށް ވާރޭވެހި ގުގުރާނެތީ ދެކުނަށް އޮރެންޖް އެލާޓް މިއަދު ނެރެފި
1 މަސް ކުރިން
0
ވިއްސާރައިގައި މާލޭގެ ގެތަކަށް ތިން މިލިއަން ރުފިޔާގެ ގެއްލުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައީސަށް ހައްދުފަހަނައަޅާ ވަރަށް ބާރުތައް ދޭން މެންބަރު ދީދީ ގޮވާލައްވައިފި
40 މިނެޓް ކުރިން
0
ރޯދައާ ގުޅުވައި އިތުރު ހަދިޔާތައް ނުދޭން އަންގައިފި
46 މިނެޓް ކުރިން
0
އައިއެމްއެފްއިން އަނެއްކާ ވެސް ގޮވައިލީ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރަން
1 ގަޑިއިރު ކުރިން
0
ވޭޕު އަތުލުމުގެ ބާރު ފުލުހުންނަށް ދީފި
1 ގަޑިއިރު ކުރިން
0