ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހެއްކާބެހޭ ބިލު ތަސްދީގު ކޮށްފިނަމަ އެމްއެމްސީ އިން ސުޕްރީމް ކޯޓަށް
އިސްމާއިލް ރިޒާ
04 ޖުލައި 2022 - 09:59
0
comments
Tweet
Telegram
ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލު ތަސްދީގުކޮށްފި ނަމަ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.
އެ ކައުންސިލުން މި ނިންމުން ނިންމީ އިއްޔެ އޮތް މި އަހަރުގެ 38 ވަނަ ޖަލްސާގައެވެ.
މީޑިއާ ކައުންސިލުން މި ނިންމުން ނިންމާފައި ވާއިރު ހެއްކާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގޮތަށް ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ. މީޑިއާ ކައުންސިލުން ވަނީ އެކަމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ބުރާސްފަތި ދުވަހު ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަ ކުރުވޭ ގޮތަށް ހެއްކާބެހޭ ބިލު ގައި އޮތުމުން ކަންބޮޑުވުން ފާޅު ކުރެއްވިއެވެ. އަދި އެ ބިލް މިހާރު އޮތް ގޮތަށް ތަސްދީގު ނުކުރެއްވުމަށް އެދިފައިވެއެވެ.
އެމްއެމްސީ އިން އެދިފައިވަނީ އެ ގާނޫނު އަލުން އިސްލާހު ކުުރުމަށް މަޖިލީހަށް ބިލް އަނބުރާ ފޮނުވާލުމަށެވެ.
މި ބިލް ފާސްކޮށްފައި ވަނީ އެ ބިލް ފާސްކުރުމާއި ދެކޮޅަށް ނޫސްވެރީން އިހުތިޖާޖުވެސް ކޮށްފައި ވަނިކޮށެވެ. އަދި ބިލް އެ ގޮތަށް ފާސް ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލާއި ރާއްޖޭގެ ސީނިއާ ނޫސްވެރީން އަދި ނޫސް އިދާރާތަކުންވެސް ގޮވާލާފައިވެއެވެ.
ޖަމިއްޔާތަކުން ބުނީ އެއީ ނޫސްވެރިޔާ އާއި ނޫސްވެރިޔާގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅިގެންދާނެ ހާލަތެއް ކަމަށާއި އެކަމުގެ ސަބަބުން ނޫސްވެރިން ޖަލަށްލުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.
މި ބިލާ މެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެ ބިލު ފާސްކުރުމުން ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ ޖަމިއްޔާތަކުން ވެސް ވަނީ އެކަމަށް ފާޑުކިޔާފަ އެވެ.
މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ހ) ގައި ބުނެގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް ވެސް މަޖުބޫރު ކުރެވިދާނެ އެވެ.
ޖުމްލަ 151 މާއްދާ އެކުލެވޭ ބިލު ދިރާސާކޮށް ކޮމިޓީން ހުށަހެޅި ރިޕޯޓަށް މެންބަރުން މެދުވެރިކޮށް ބަންޑާރަ ނައިބު އޮފީހުން 15 އިސްލާހެއް ހުށަހަޅައި ބައެއް ބަދަލު ގަނައި ނަމަވެސް މަސްދަރު ހާމަ ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސްފައެއް ނުވެއެވެ. ބިލު މަޖިލީހުން ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. ބިލް ފާސް ކުރަން ނުފެންނަ ކަމަށް ފަސް މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިއްބެވީ ދެ މެމްބަރަކެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ މަޖިލީހަށް ހުށައެޅި ބިލެކެވެ. ބޭނުމެއް ކަމަށް ބުނީ 1976 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ހެއްކާބެހޭ ތަފްސީލީ ގާނޫނެއް ތައާރަފު ކުރުމެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ދައުރު ނޫހުގެ މައްޗަށް މެންބަރު އަޒާން އެދުނު އަމުރު ނެރެފި
2 މަސް ކުރިން
0
ޖަލަށްލި ނޫސްވެރިޔާ ޝަހްޒާން ދޫކޮށްލައިފި
2 މަސް ކުރިން
0
ހަބަރެއް ލިޔުމުން 10 ދުވަހު ޖަލު ގޮޅީގައި ބޭއްވި ލީވާން މިިނިވަންވެއްޖެ
2 މަސް ކުރިން
0
ޖަލުގައި ތިބި ނޫސްވެރިންގެ ހާލަތާ ގުޅޭ ތަހުގީގެއް އެޗްއާރްސީއެމުން ފަށަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
2 ގަޑިއިރު ކުރިން
0
"ޕޮލިސް މެމޯރިއަލް ޑޭ" ފާހަގަކޮށްފި
2 ދުވަސް ކުރިން
0
އައްޑޫގެ އިހުތިސާސް އިން ސަވާހެލި ވަކިކޮށްފި
2 ދުވަސް ކުރިން
0
ތިލަފުށީ ވެމްކޯ ސައިޓުގައި ރޯވުމުން ކުނި ބަލައި ގަންނަ މިންވަރު މަދުކޮށްފި
2 ދުވަސް ކުރިން
0