ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މިނިވަންކަމުގެ މަސައްކަތް ދިވެހިން ދުލެއް ނުކުރާނެ: ރައީސް ނަޝީދު
އިސްމާއިލް ރިޒާ
26 ޖުލައި 2022 - 12:07
0
comments
Tweet
Telegram
މިނިވަންކަން ހޯދުމާއި ދެމެހެއްޓުމަށް ދިވެހިން ކުރާ މަސައްކަތް ދޫނުކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ދިވެހިން މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގަ އެވެ.
އެމަނިކުފާނުގެ ޓުވީޓުގައި ވަނީ ދިވެހިންނަކީ އަބަދުމެ މިނިވަންކަމަށް ލޯބި ކުރާ ބައެއް ކަމަށާއި އެ މިނިވަންކަން ހޯދުމަށް އަދި ދެމެހެއްޓުމަށް ގުރުބާންވެސް ވާ ބައެއް ކަމަށެވެ. އަދި އެގޮތް ދިވެހިން ދޫނުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިނިވަންކަން ހޯދުމަށް އަދި ދެމެހެއްޓުމަށް ގުރުބާންވާ ބައެއް. މިގޮތް އަޅުގަނޑުމެން ދިވެހިން ދުލެއް ނުކުރާނެ" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިނިވަން ދުވަހުގެ މުނާސަބަތުގައި ވާހަކަ ދެއްކެވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިނިވަން ދިމިގްރާތީ ދައުލަތެއްގެ ގޮތުގައި ދިވެހިން ކުރިއަށް ދިއުމަށް މިއަދު ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. ވަކިން ހާއްސަކޮށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށާއި އެމީހުންގެ ސަބަބުން ދިވެހި ގައުމުގެ މިނިވަންކަމަށް ނުރައްކާ ވެފައިވާ ކަމަށެވެ. ގައުމަށް އެ ނުރައްކާ ކުރިމަތިކުރުވާ ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދު ހިމެނޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ތުހުމަތުކުރެ އެވެ.
އިނގިރޭސިވިލާތުގެ އަޅުވެތިކަމުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހާއި 23 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އޭރުގެ ރަދުން އައްސުލްޠާން މުޙަންމަދު މުޢީނުއްދީން ދެވަނަ އާއި އިނގިރޭސިވިލާތާއި ދެމެދުގައި ސޮއި ކުރި އެއްބަސްވުމެއްގެ ދަށުންނެވެ.
1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއި ދެމެދު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ވެރިކަން ހިންގުމުގެ ފުރިހަމަ ބާރު ލިބިފައިވާ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރު ޤަބޫލު ކުރިއެވެ.
އަދި ސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ހުރިހާ ޤައުމަކާއި އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި އަމިއްލައަށް ގުޅުމުގެ ޙައްޤު ދިވެހިރާއްޖެއަށް ލިބުނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ފެންނަ ނުފެންނަ ވޯޓާ މެދު ދެވަނަ ވިސްނުމަކަށް ދާން ނަޝީދު ގޮވާލައިފި
14 ދުވަސް ކުރިން
0
މޮރިޝަސްއާއި ރާއްޖެއިން މަޝްވަރާކުރަން ޖެހޭ: ނަޝީދު
1 މަސް ކުރިން
0
ޕެންޝަން ބޯޑަށް ނަޝީދު؛ ފަންޑުން ފައިސާ ނެގުމަކީ ބޮޑު ގޯހެއް
2 މަސް ކުރިން
0
ޗާގޯސްގެ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު ނުގެއްލޭ: ނަޝީދު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނަން ފަށައިފި
5 ގަޑިއިރު ކުރިން
0
އުރީދޫން އައިޖީއެމްއެޗުގެ ބަލިމީހުންނަށް ރޯދަވީއްލުން ހަދިޔާކޮށްފި
5 ގަޑިއިރު ކުރިން
0
ކައުންސިލް އިންތިހާބު: އޮބްޒާވަރުންނަށް ވާން އިތުރު ފުރުސަތު
7 ގަޑިއިރު ކުރިން
0
އެމްއޭސީއެލުން ޖެޓް ފިއުލްގެ އަގު ބޮޑުކޮށްފި
7 ގަޑިއިރު ކުރިން
0