ޚަބަރު
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ކޯޓުން ދޫކޮށްލައިފި
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝައިހު އާދަމް ނިޝާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މިދިޔަ ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަނިކޮށް، ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެގަނެ، ބޭރުގެ ޑިޕްލޮމެޓުން ހިމެނޭ ގޮތަށް ބައެއް މީހުންނަށް ހަމަލާ ދީ، އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފަ އެވެ. އެ މައްސަލައިގައި ނިޝާން ހިމެނޭ ގޮތަށް 21 މީހަކު އޭރު ހައްޔަރު ކުރި އެވެ. 

ނިޝާންގެ ބަންދަށް އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ދިން ތިން ދުވަހުގެ މުއްދަތު ހަމަވެގެން މިއަދު ކޯޓަށް ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. 

އާދަމް ނިޝާން މިއަދު ދޫކޮށްލާފައިވަނީ ތިން ޝަރުތެއް ކޮށްފަ އެވެ.

އެއީ ފޯނު ނަންބަރާއި އެޑްރެސް ކޯޓަށް އެންގުމަށާއި، ފުރައިގެން ދާން ޖެހިއްޖެނަމަ ލިޔުމުން ކޯޓަށް އެ ކަން އެންގުން އަދި އިތުރު ކުށެއް ނުކުރުމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު