ޚަބަރު
ޔޯގާ ޑޭ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކޮށްފި
ތާޖު ރިސޯޓުގައި މިއަދު ޔޯގާ ހަރަކާތް ބާއްވަނީ.---ފޮޓޯ: އިންޑިއަން ހައި ކޮމިޝަން
އިންޑިއާ އެމްބަސީން ކޮންމެ އަހަރަކު ރާއްޖޭގައި ފާހަގަ ކުރާ 'އިންޓަނޭޝަނަލް ޔޯގާ ޑޭ'، މިފަހަރު ތާޖް މޯލްޑިވްސް ރިސޯޓުގައި ބާއްވައިފި އެވެ.

އިންޑިއާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، ތާޖް ރިސޯޓުގައި ބޭއްވި މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރެވެ. އަދި މި ހަރަކާތުގައި 500އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ.

އިންޑިއާއިން ކުލަގަދަކޮށް ފާހަގަކުރާ ޔޯގާ ދުވަހާ ގުޅިގެން ރާއްޖޭގައި ވެސް އެކަން ކޮންމެ އަހަރަކު އިންޑިއާގެ އެމްބަސީން އަންނަނީ ފާހަގަކުރަމުންނެވެ.

ނަމަވެސް، 2022 ވަނަ އަހަރު ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ފުޓްބޯޅަ ދަނޑުގައި ބޭއްވި ހަރަކާތަށް ބަޔަކު ހުރަސް އަޅައި، ހަމަނުޖެހުން ހިންގާފައިވެ އެވެ. އޭގެ ތެރޭގައި މިހާރު ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން 18 މީހެއްގެ މައްޗަށް މިދިޔަ ސަރުކާރުގައި ދައުވާ އުފުލިއިރު، މިދިޔަ ހަފުތާގެ ތެރޭގައި އޭގެ ތެރެއިން ގިނަ ދައުވާތައް ކުރިއަށް ނުގެންދަން ދައުލަތުން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި ވިލިމާލެ ދާއިރާގެ މިހާރުގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލާއި ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ މައްޗަށް އުފުލި ދައުވާތައް ހިމެނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު