
ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު އެ ސަރަހައްދުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ޝިއާއުއަށް ހަމަލާދީ މަރާލި މީހާއަކީ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް އެވެ. އޭނާ ހައްޔަރުކުރި އިރު ވެސް ހުރީ ލެއިން ފޯވެފައި ކަމަށް އެނގިފައިވެ އެވެ. ޝާހިލް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.މަރުގެ މައްސަލައާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ރޭ މާލޭގައި ހިނގި ރަހުމްކުޑަ މަރުގެ ހާދިސާ އިންތިހާއަށް ކުށްވެރި ކުރާ ކަމަށެވެ. އަދި ގާތިލަށް ހައްގު އަދަބު ދިނުމަކީ ގާނޫނީ ވާޖިބެއް ކަމަށް މައުމޫން ވިދާޅުވި އެވެ.