ޚަބަރު
ކެލާއަށް ނިސްބަތްވާ ބޯޓެއް ނޮޅިވަރަންފަރަށް އަޑިއަށް ހިނގައްޖެ
ސަވާރީ ބޯޓު
ހއ. ކެލާއަށް ނިސްބަތްވާ "ސަވާރީ" ނަމަކަށް ކިޔާ ބޯޓެއް އަޑިއަށް ހިނގައްޖެއެވެ.

މި ބޯޓުން ދަތުރުކުރި މީހުން ސަލާމަތް ކޮށްގެން ނޮޅިވަރަންފަރަށް ގެންގޮސްފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މި ބޯޓު ނޮޅިވަރަންފަރަށް ވަންނަން އުޅުމުގެ ތެރޭގައި ނެރު މައްޗަށް އުރި އަޑިއަށް ދިޔައީ މިއަދު އިރު އޮއްސެން ކައިރިވެފައި ވަނިކޮށެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ބޯޓު ނެރަށް އެރުމުގެ މަޢުލޫމާތު ލިބުމާއެކު މިރޭ 19:34 ހާއިރު އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑަރުންގެ ސިފައިން ހަރަކާތްތެރިވަން ފެށިކަމަށެވެ.

ކެލާގެ ބޯޓެއް ފަރަކަށް އަރައި އަޑިއަށް ގޮސްފައިވާއިރު، މިދިޔަ މަހުގެ 31 ވަނަ ދުވަހު ގިނަ ބަޔަކާ އެކު މާލެ އިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުން ލަންދޫ ބޯޓެއް ވެސް ވަނީ ގާފަރު ކައިރިން އަޑިއަށް ގޮސްފައެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު