ޚަބަރު
260 ކިލޯގެ ޑްރަގްސް ނައްތާލައިފި
ފުލުހުންގެ އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައި ހުރި 260 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މިއަދު ނައްތާލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މިހާރު ނައްތާނުލައި ހުންނާނީ 30 ކިލޯގެ މަސްތުވާތަކެއްޗެވެ. އެއީ ތަހުގީގު ކުރިއަށް ދާތީ ނައްތާލުމުގެ ހުއްދަ ނުލިބިހުރި ހުރި އެއްޗިއްސެވެ. އެ ތަކެތި ނައްތާލެވޭނީ ކަމާ ގުޅޭ އިދާރާތަކުގެ ހުއްދަ ލިބުމުން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. 

ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ އެކި މައްސަލަތަކުގައި 2021 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިހާތަނަށް ނައްތާނުލެވިހުރި 264.93 ކިލޯގެ މަސްތުވާތަކެއްޗެވެ.

އެގޮތުން ފުލުހުން މިއަދު ނައްތާލާފައިވަނީ މަސްތުވާތަކެތި ހުރި 10888 ރަބަރު ޕެކެޓާއި، 4285 ސެލޯފިންކޮޅާއި، 246 ފިލްމު ހުސްކުރިދަޅާއި، 130 ބުލެޓާއި، 40 ބިޑީގެ އިތުރުން 6359 ބޭސްގުޅަ އެވެ. 

މީގެ އިތުރުން، މަސްތުވާތަކެތި ބަންދުކުރުމަށާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ 4،559 އެއްޗެއް ވެސް ނައްތާލި އެވެ.

މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން މީޑީއާ އަދި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި މީހުންގެ ހާޒިރުގަ އެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު