ޚަބަރު
މީހަކު ގެއަކަށް ވައްދާ އޮރިޔާންކޮށް ފޭރުނު ތިންް މީހަކަށް ދައުވާކުރަން ފޮނުވައިފި
ދައުވާ ކުރަން ފޮނުވި މީހުން
މާލޭގެ ގެއަކަށް ފިރިހެނަކު ވައްދައި ބަރަހަނާކޮށް ފޭރުނު މައްސަލައެއްގައި ހިމެނޭ ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.

ފުލުހުން ބުނީ ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި، މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އަނިޔާކޮށް، އޭނާގެ މޯބައިލް ފޯނުއަތުލައި އޭނާގެ ބެންކު އެކައުންޓުން ފައިސާ ޓްރާންސްފާކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރަން ފޮނުވާފައި ވަނީ މއ. މަސްފަން، އާއިޝަތު (43އ) އާއި މއ. މަސްފަން، މުހައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ / ސޯމާ، ޝަފީގޔ އިބްރާހީމް (35އ) މައްޗަށެވެ.

ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށް ވެސް ބުންޏެވެ. 

އެ މައްސަލައާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން ތިން މީހުން ހައްޔަރުކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު