
އުތުރާއި މެދު ރާއްޖެތެރެ އަށް މޫސުން ގޯސްވާނެތީ އެ އޮފީހުން މިއަދު މެންދުރު ފަހު ވަނީ ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެ އެލާޓުގައި ބުނީ ހއ. އިން ފެށިގެން އދ. އަތޮޅަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. މޫސުން ރީތިކޮށް އޮތުމަށް ފަހު މީގެ ދެ ތިން ދުވަސް ކުރިން ފެށިގެން މާލެއަށް ވެސް ދޭތެރެއަކުން ދަނީ ވިއްސާރަ ކުރަމުންނެވެ. މިއަދުވެސް އުޑުމަތި ބަނައެވެ.މޫސުމާ ބެހޭ އިދާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ އއ. ތޮއްޑު އަށެވެ. އެ ރަށަށް 97.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ބ. ދަރަވަންދު އަށެވެ. އެއީ 78.5 މިލިމީޓަރުގެ ވާރެ އެވެ.ހއ. އިން އދ. އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު އެހެން ހިސާބުތަކަށް މޫސުން ރަނގަޅެވެ.