
ރައީސް ޔާމީން އެގޮތަށް ވިދާޅުވީ އެމަނިކުފާނު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ހިތަދޫގައި ޕީޕީއެމްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޖޭއެސްސީ އޮތީ އެމަނިކުފާނުގެ މުށުތެރޭގައި ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ވެރިން ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ވަރަށް ގިނަ އިން ވާހަކަދެއްކެވި ކަމަށެވެ. ނަމަވެސް މިއަދު ޖޭއެސްސީ އޮތީ ކޮން ބައެއްްގެ މުށުތެރޭގައިތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.