
ތިރީސް އަހަރުގެ މެދުކެނޑުމަކަށް ފަހު މެދު ޒިޔާރާތުގައި އަލުން ބޮޑު ދިދަ ނެގުމުން ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ޒިޔާރަތަށް ނަދުރު ބުނުމާއި އެކަމަށް މަގުފަހިވާފަދަ ކޮންމެ ކަމަކީ ޝިރްކުގެ އަމަލެއް ކަމަށް ބައެއް އިލްމުވެރިން ވަނީ ބުނެފަ އެވެ. އަދި މިކަމާ މެދު ފިޔަވަޅު އެޅުމަށް ބައެއް އިލްމުވެރިން ވަނީ އިސްލާމިކް މިނިސްޓްރީ އަށް ގޮވާލާފަ އެވެ.އިލްމުވެރިންގެ ފާޑުކިޔުންތަކާއެކު މެދުޒިޔާރަތުގައި ނެގި ދިދަ މިހާރު ވަނީ ބާލާފަ އެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުން ދިދަތައް ނަގަން އެންގީ ފާޑުކިޔުންތައް ގިނަވެ ޕްރެޝަރު ބޮޑުވުމުންނެވެ."މެދުޒިޔާރަތް ފަދަ އާސާރީ ބިނާތަކުގެ އާބާތުރަފިލުވައި ޖުމްހޫރީ ދުވަސް ފަދަ ގައުމީ މުނާސަބަތުތަކުގައި އެ ތަންތާ ދިދަ ނެގުމަކީ ދިވެހީންގެ ސަގާފަތް ދިރުވާ ގައުމީ ޖޯޝު އުފެދިގެންދާނެ ކަމެއް. އެއީ އެ ފަދަ އާސާރުތައް ބަލައިލުމަށް ދިވެހީންގެ އަދި ފަތުރުވެރީން ޝައުގުވެރިވާނެ ކަމެއް،" ޔުމްނާ ވިދާޅުވެފައިވެ އެވެ."މިއީ އެއްވެސް ގޮތަކަށް ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް ނޫން. ސަގާފީ ކަމެއް،" ފާޑުކިޔުންތަކަށް ރައްދު ދެއްވައި ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.