ޚަބަރު
ޑްރަގް ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ ގާޒީކަމުން ރިޓަޔާކުރައްވައިފި
ގާޒީ މުހުތާޒް ފަހުމީ -- ފޮޓޯ: ސަން
ޑްރަގް ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ މިއަދު ރިޓަޔާ ކުރައްވައިފި އެވެ.

ފަނޑިޔާރުކަމުގައި ޚިދުމަތްކުރައްވަމުން ގެންދަވާތާ 29 އަހަރު ވެފައިވާ ގާޒީ މުހުތާޒް ރިޓަޔާވީ އަމިއްލައަށް އެދިވަޑައިގެންނެވެ.

އޭނާ ކްރިމިނަލް ކޯޓުގެ ގާޒީކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަވަނިކޮށް 2018 ވަނަ އަހަރު ޑްރަގް ކޯޓަށް ބަދަލުކުރީ ސުޕްރީމް ކޯޓުގެ ހުށަހެޅުމަކަށެވެ. އޭނާއަކީ ކްރިމިނަލް ކޯޓުގައި ބޮޑެތި މައްސަލަތަކެއް ބެއްލެވި ފަނޑިޔާރެކެވެ.

ވ. ރަކީދޫގައި އަނިޔާކޮށް މަރާލި ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލަ ވެސް އެންމެ ފުރަތަމަ ބެއްލެވީ މުހުތާޒެވެ.



ކިޔުންތެރިންގެ ޝުއޫރު
45%
9%
27%
18%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު