ޚަބަރު
ނޮޅިވަރަންފަރު އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ
ހދ. ނޮޅިވަރަމްފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ އަހުމަދު
ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފިއެވެ.

މިއަދު ޖޭއެސްސީ އިން ވިދާޅުވީ ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ތަޚްޤީޤުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމެޓީއެއް މިހާރު އެކުލަވާލައިފައިވާ ކަމަށް ޖޭއެސްސީ އިން ބުނެ އެވެ.

ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ މައްސަލަ ބަލަން ނިންމީ ޖޭއެސްސީ އިން މިމަހުގެ 23 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ. ނަމަވެސް އެކަން މީޑިއާއަށް ހާމަކުރީ މިއަދު އެވެ.

ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް ފަހަކަށް އައިސް ވަރަށް ގިނަ ވެފައިވާކަން ފާހަގަ ކުރެވެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު