
އަމީރުގެ މައްސަލަ މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓަށް ހުށަހެޅީ ވަކީލް އަސްއަދު ޝަރީފާއި ވަކީލް އިބްރާހިމް ރަމީޒެވެ.އެ މައްސަލާގައި އެދިފައި އޮތީ އަމީރު ގާނޫނާ ޚިލާފްވި ކަމަށް ނިންމައި ދިނުމަށެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.އެ މައްސަލަ ހުށަހެޅީ ބަޖެޓަށް ވުރެ އިތުރަށް ޚަރަދު ކުރުމަށްފަހު ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން އެދުމުންނެވެ. ސަޕްލިމެންޓްރީ ބަޖެޓަކީ އެ އަހަރަކަށް އޮންނަ އަސްލު ބަޖެޓުން ނުފުދޭނަމަ ދުރާލާ ފާސްކުރަންޖެހޭ ބަޖެޓެކެވެ."ހަރަދުކޮށް ނިންމާފައި ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރަން ހުށަހަޅާފައި އޮތީ. އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެއް. މިނިސްޓަރު އަމީރު ގާނޫނުއަސާސީއާ ހިލާފުވި ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓުގައި އެދިފައި އޮންނާނީ،" ކުރީގެ ފިލްމީތަރި އަސްއަދު ވިދާޅުވި އެވެ.މި އަހަރުގެ ބަޖެޓް ފޫބައްދަން 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށަހެޅީ އަންނަ އަހަރަށް ލަފާކުރާ 42.6 ބިލިއަން ރުފިޔާގެ ބަޖެޓާ އެއްކޮށެވެ. އެ މައްސަލާގައި މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، އިންކުއަރީއެއް ހަދަން ވެސް ބައެއް މެމްބަރުން ހުށަހެޅުއްވި އެވެ.