ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތަށް ދުންޔާ މައުމޫން އޭސީސީއަށް!
އިސްމާއިލް ރިޒާ
14 ޑިސެމްބަރ 2022 - 13:26
0
comments
ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން
Tweet
Telegram
ޚިޔާނާތުގެ މައްސަލައެއްގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިއަދު ހާޒިރުކޮށްފިއެވެ.
އޭސީސީއަށް ހާޒިރުވާން ދުންޔާ އަށް އެންގީ މިއަދު 11:00 އަށެވެ. މީގެއިތުރުން އެ ދުވަސްވަރު ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގަ އެވެ.
ދުންޔާ އޭސީސީއަށް ހާޒިރުކުރުމަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުގައި އެކަމަނާ އޭސީސީއަށް ހާޒިރުކުރަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެމްއެމްޕީއާރްސީ ބޭނުންކޮށްގެން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި އެ ދުވަސްވަރު ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށްދޫކޮށްގެން ލިބުނު ފައިސާއަށްވެސް ހިޔާނަތްތެރިވާ ކަމަށް ތުހުމަތުކުރެވޭއިރު އެ ފައިސާ ދުންޔާއަށްވެސް ލިބުނު ކަމަށް ބެލެވޭ މައްސަލައިގައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ތަގުގީގުކޮށް އެކަމުގައި ހިމެނޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތުކުރާ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ ހިމެނޭ ގޮތަށް އެކުލަވާލި ޖޮއިންޓް ކޮމިޓީއާ ހިއްސާކޮށްފައިވެއެވެ. އެ ލިސްޓު ކަމަށް ބުނާ ލިސްޓެއް އޭރު ލީކުވެފައިވެސް ވެއެވެ. އެ ލިސްޓުގައި ކުރީގެ ސަރުކާރާއި މިހާރު މި އޮތް ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި މިހާރު ތިއްބެވި ބައެއް މެންބަރުން ހިމެނޭހެން 281 މީހެއްގެ ނަން އޮތެވެ.
އެ ލިސްޓްގައިވާ ގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ދުންޔާއަށް ދެ ލައްކަ ރުފިޔާ ނުވަތަ 13،000 ޑޮލަރު ލިބިފައިވެއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ހިޔާނާތެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި މި ހިޔާނާތުގެ މައްސަލާގައި މިހާތަނަށް ޝަރީއަތް ހިންގައި އަދަބު ލިބުނު މީހުންގެ ތެރޭގައި ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އިތުރުން، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.
ދުންޔާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ އަދި ދައުލަތުގެ އެންމެ ރުފިޔާއެއް ވެސް ވަގަށް ނަގާފައިނުވާނެ ކަމަށެވެ. އަދި އޭނާ މިއަދު އޭސީސީއަށް ހާޒިރުވާން އެންގީ ސިޔާސީ ދައުވާ އާއި ދޮގާއި ފުރައްސާރައިގެ ތެރޭން ކަމަށެވެ.
"އަބަދުސް އިންސާފާއި ތެދަށް މަސައްކަތް ކުރާނަން," ދުންޔާ ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
17 ދުވަސް ކުރިން
0
ލިވަޕޫލް އާއެކު ރާއްޖެ ޕްރޮމޯޓް ކުރުމުގެ ކެމްޕޭނު ފަށައިފި
1 މަސް ކުރިން
0
އަމްބާނީގެ މުމްބާއީ އިންޑިއަންސްގެ ޕާޓްރަނަކަށް ވިޒިޓް މޯލްޑިވްސް
1 މަސް ކުރިން
0
ލިވަޕޫލްގެ ރަސްމީ ޓޫރިސްޓު މަންޒިލަކަށް ރާއްޖެ ހަމަޖައްސައިފި
3 މަސް ކުރިން
0
ރާއްޖެ އިސްތިހާރު ކުރަން ބޮލީވުޑްގެ ތަރިންނާއެކު ހާއްސަ އިވެންޓެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މެންބަރެއްގެ ދައުރު ހަމަވާތީ ބްރޯޑްކޮމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
7 ގަޑިއިރު ކުރިން
0
އެއްބުރުން ރައީސަކު ހޮވަން ނަޝީދު ތާއީދުކުރައްވައިފި
8 ގަޑިއިރު ކުރިން
0
އެގްރިކަލްޗާ މިނިސްޓްރީއަށް އޭސީސީ އާއި ފުލުހުން ވަދެއްޖެ
8 ގަޑިއިރު ކުރިން
0
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
11 ގަޑިއިރު ކުރިން
0