ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މައުމޫނު، ލަންކާގެ ރައީސާ ބައްދަލުކުރައްވައިފި
އަލީ ރާޒީ
28 ޖެނުއަރީ 2023 - 09:48
0
comments
Tweet
Telegram
ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހައާ ބައްދަލުކުރައްވައިފި އެވެ.
ލަންކާގެ ރައީސްގެ އޮފީހުގައި އިއްޔެ ބޭއްވި އެ ބައްދަލުކުރެއްވުމުގައި މައުމޫން ވަނީ ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނު ވެސް ބައިވެރިވެވަޑައިގަތެވެ.
މައުމޫންގެ އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ލަންކާގެ ސަރުކާރުން ރާއްޖެއާ މެދު ގެންގުޅުއްވި ގާތް ކަމަށް ވެސް ޝުކުރު އަދާކުރައްވާފައި ކަމަށެވެ.
ލަންކާގެ ރައީސް ވަނީ އެ ގައުމަށް ކުރިމަތިލާން ޖެހުނު ދަތި އުނދަގޫ ހާލަތުގައި ރާއްޖޭގެ ފަރާތުން އަބަދުވެސް އެ ގައުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މައުމޫން ލަންކާގެ މިހާރުގެ ރައީސާ ބައްދަލުކުރެއްވި އެ މަނިކުފާނަކީ ލަންކާގެ ސަރުކާރުންދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "މިތުރަ ވިބޫޝަނަ އެވޯޑް" ވެސް 2008 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
މެންބަރުން ހަމަނުވާތީ އެމްއާރުއެމް އުވާލައިފި
5 މަސް ކުރިން
0
އަތުވެދާނެ ނުރައްކަލަކަށް ދިވެހިން އަބަދުވެސް ތިބެން ޖެހޭނީ ހޭލާ: މައުމޫން
6 މަސް ކުރިން
0
އެމްއާރްއެމް އުވާލުމުގެ މަރުހަލާ ފަށައިފި
7 މަސް ކުރިން
0
ރަޝިއާ ސަފީރުގެ ނުރުހުން މައުމޫނަށް
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ޑިރެކްޓަ ޖެނަރަލެއް ހޯދަނީ
15 ގަޑިއިރު ކުރިން
0
މިހާތަނަށް ބައި މިލިއަނެއްހާ ގަސް އިންދައިފި
15 ގަޑިއިރު ކުރިން
0
ދަތުރުފަތުރުގެ ހާދިސާތައް ތަހުގީގު ކުރަން ބޯޑެއް
16 ގަޑިއިރު ކުރިން
0
އާ ހިދުމަތްތަކަކާ އެކު އުރީދޫން އަހަރީ ދުވަހުގެ ކެމްޕެއިން ލޯންޗުކޮށްފި
16 ގަޑިއިރު ކުރިން
0