ކުޅިވަރު
އިނގިރޭސި ލީގު ކަޕް ފައިނަލަށް މެންޗެސްޓާ ޔުނައިޓެޑް
އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ޓީމަކަށް މެންޗެސްޓާ ޔުނައިޓެޑް ވެއްޖެ އެވެ.

ޔުނައިޓެޑު ފައިނަލަށް ދިޔައީ، ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގެ ފަހު ލެގުގައި ނޮޓިންހަމް ފޮރެސްތް ދެ ލަނޑު ސުން ލަނޑުން ބަލިކޮށް، ފަސް ލަނޑު ސުން ލަނޑުގެ ބޮޑު އެގްރިގޭޓް ނަތީޖާއަކާއެކުއެވެ.

މި މެޗުގެ ފުރަތަމަ ގޯލު ޔުނައިޓެޑަށް މެޗުގެ 73 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންތޮނީ މާޝިއަލް އެވެ. މާޝިއަލް މި ގޯލު ކާމިޔާބުކުރީ ފޮރެސްޓްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި އޭގެ ތިން މިނެޓް ފަހުން ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ފްރެޑް އެވެ.

ލީގު ކަޕްގެ ފައިނަލްގައި ޔުނައިޓެޑް ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ނިއުކާސަލް ފައިނަލަށް ދަތުރުކުރީ ސެމީގައި ސައުތެމްޓަން ބަލިކުރުމަށްފަހު އެވެ.

މިއީ 1999 ވަނަ އަހަރުގެ ފަހުން ނިއުކާސްލްއާ މެންޗެސްޓަރ ޔުނައިޓެޑު ލީގު ކަޕުގެ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑާއި ނިއުކާސަލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 26 ގަ އެވެ.

ޔުނައިޓެޑަށް އެންމެ ފަހުން ތައްޓެއް ލިބުނީ 2017 ވަނަ އަހަރު އެވެ. ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި އެ އަހަރު ޔޫއެފާ ޔޫރޮޕާ ލީގާއި ލީގު ކަޕް ކާމިޔާބުކުރި އެވެ. އޭގެފަހުން މިދިޔަ ދުވަސްތަކުގައި ޔުނައިޓެޑަށް ތައްޓެއް ނުލިބޭތީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެކަމަކު މި ސީޒަނުގައި އެޓީމު އަދިވެސް އަންނަނީ ހުރިހާ މުބާރާތެއްގައި ވާދަކުރަމުންނެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު