
ޔުނައިޓެޑްގެ ވަގުތީ ކޯޗަކީ، އެ ޓީމުގެ ކުރީގެ ސްޓައިކަރު އަދި ޓެން ހަގްގެ އެސިސްޓެންޓެއްގެ ގޮތުގައި މި ސީޒަނުގައި މަސައްކަތް ކުރި ރޫޑް ވެން ނިސްޓްރޯއީ އެވެ. ބުދަ ދުވަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭނީ އޭނާ އެވެ.އެ ކްލަބްގެ ކޯޗުކަން ހުށަހަޅާނެ ކަމަށް ބެލެވޭ ކޯޗުންގެ ލިސްޓްގެ އެންމެ ކުރީގައި އޮތީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗު ގެރެތު ސައުތުގޭޓެވެ. އަދި ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކަށް ވެސް މަގާމު ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ބުންޏެވެ.ޓެން ހަގް މަގާމުން ވަކި ކުރި އިރު ޔުނައިޓެޑް އޮތީ ލީގުގެ 14 ވަނައިގަ އެވެ. މިދިޔަ އަހަރު އެ ޓީމުން ލީގު ނިންމާލީ 10 ވަނައިގަ އެވެ. އެއީ 1990 ގެ ފަހުން އެ ޓީމުން ލީގު ނިންމާލީ އެންމެ ދަށް ސީޒަނެވެ.