
މާޒިޔާއިން ހާމަކުރި ގޮތުގައި މިހާތަނަށް ކޮންޓްރެކްޓް އާކޮށްފައިވާ ހަތް ކުޅުންތެރިންނަކީ، ގައުމީ ޓީމުގައިވެސް ހިމެނޭ ހުސެއިން ނިހާނު، ހަސަން ޝިފާޒް (ޑުންގާ)، ޒުވާން ގޯލް ކީޕަރު ހުސެއިން ޝަރީފް އިބްރާހީމް އައިސަމް، މުހައްމަދު އިރުފާން، ސަމޫހް އަލީ އަދި އިޔާން އަބްދުލްއަލީމްއެވެ. އާ ސީޒަނަށް މާޒިޔާ އިން ތައްޔާރުވާން ފެށިއިރު އެޓީމަކީ މިހާރު ރާއްޖޭގައި އެންމެ ވަރުގަދަ ކްލަބެވެ. މިދިޔަ ތިން ސީޒަނުގައި ވެސް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ އިންނެވެ. ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އިން މި މަހު އާ ސީޒަނަށް ތައްޔާރުވާން ފަށާނެ އެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ކަލަންޑަރު އަދި އާއްމުކޮށްފައި ނުވިނަމަވެސް، އަންނަ މަހު ސީޒަން ފަށާނެކަމަށް ބެލެވެ އެވެ. އެހެންވެ ކްލަބްތަކުން މިހާރު އަންނަނީ ޕްރީ ސީޒަން ފަށަން ތައްޔާރުވަމުންނެވެ.