ޚަބަރު
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޓީޑީގެ ކެންޑިޑޭޓެއް ނެރެން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ)ގެ ޓިކެޓް ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޕާޓީއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ އެ ޕާޓީގެ މެންބަރުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަވީރު 5:00 އާ ހަމައަށް އޮންނާނެ ކަމަށެވެ. ނަމަވެސް، ކެންޑިޑޭޓަކު ކަނޑައެޅުމުގައި އެ ޕާޓީއިން ޕްރައިމަރީއެއް ބާއްވާނެ ކަން ނުވަތަ ނޫންކަން ހާމަކޮށްފައެއް ނުވެ އެވެ.

އެމްޓީޑީއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ.

ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ ގުރައިދޫ ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަވަހަރާވެފައިވާ އިބްރާހީމް ރިޒާުގެ ކޮއްކޮ ހުސައިން ރިޒާ އަށެވެ. އެމްއެންޕީ އިން ޓިކެޓް ދީފައިވަނީ އަލީ އާރިފް އަށެވެ. އެމްޑީޕީން ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައަޅާނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީއަށް ފަހު އެެވެ.

ގޮހޮރުގެ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަނިކޮށް ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު މެލޭޝިއާ ގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޭޕްރީލް 15 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު