
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އެ ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވަނީ މިއަދު މެންދުރު 12ގެ ފްލައިޓުންނެވެ.ގުރައިދޫގައި ނިޔާވި ތުއްތު ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްޓަކައި ފޮނުވަން ނިންމީ މަރުގައި ޝައްކުކުުރެވޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.އެނގިފައިވާ ގޮތުގައި، މަރުވެފައިވަނީ ދެމަފިރިއެއްގެ ތިން ވަނަ ކުއްޖާ އެވެ.