
ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ވިދާޅުވީ ރައީސް އެގޮތަށް ހަމަޖެއްސެވީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ އެ ވުޒާރާގެ ދަށަށް ބަދަލުކުރުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، އެ މަރުކަޒަކީ އެ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާތީ ކަމަށެވެ.