ކޯޓުން ވެސް ނިންމީ އެމްޑީއެނުން ދީނާ ހިލާފުވި ކަމަށް!
އިސްމާއިލް ރިޒާ
29 މާޗް 2023 - 01:59
0 comments
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލް
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އުވާލި މައްސަލަ ކޯޓުން ހުށަހެޅުމުން، އެ ޖަމިއްޔާއިން އެހެން ދީނެއްގެ ފިކުރާއި ޝިޔާރު ފަތުރަން އުޅުނު ކަމަށް ބެލެވިދާނެ ކަމަށް ކަނޑައަޅައި ޖަމިއްޔާ އުވާލީ ރަނގަޅަށް ކަމަށް މިއަދު ނިންމައިފި އެވެ.
ސިވިލް ކޯޓުގެ އަލީ އަބްދުﷲ މިއަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ އިސްލާމީ ހަރުކަށި ފިކުރު ދިވެހިރާއްޖޭގެ އޮތް މިންވަރު ބެލުމަށް އެމްޑީއެނުން ހެދި ރިޕޯޓެއްގައި އިސްލާމް ދީނާ ހިލާފް ވާހަކަތައް ހުރި ކަމަށެވެ. އަދި އެއީ އިސްލާމް ދީނަށް އިހާނެތިކޮށް ހިތުމުގެ ގޮތުންނާއި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ގޮތުންނާއި އެހެން ދީނެއްގެ ޝިއާރު ފާޅުކޮށް ފެތުރުމުގެ ގޮތުން ޖަމިއްޔާއިން ކުރި މަސައްކަތެއް ކަމަށް ބެލެވޭނެ ކަމަށް ކޯޓުން ބުންޏެވެ.އެމްޑީއެނުން ނެރުނު ރިޕޯޓުގައި ޖިހާދު ކުރުމަކީ ގޯސް ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ. އަދި އިސްލާމީ ހައްދުތަކަކީ އަނިޔާވެރި އަމަލުތަކެއް ކަމަށް ބުނެފައިވެ އެވެ. އޭގެ އިތުރުން، ރަސޫލާއަށް ކަމޭހިތުމާއި އިހުތިރާމް ކުރުމަކީ ހަރުކަށި ފިކުރު ކަމަށް ބުނެދޭން އުޅެފައިވެ އެވެ.ކޯޓުން ބުނެފައި ވަނީ ދައުވާ ކުރާ ފަރާތުން އެދޭ ގޮތަށް އެ އެމްޑީއެންގެ ރަޖިސްޓްރީ ބާތިލް ކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.އެމްޑީއެން އުވާލަން ނިންމީ އެ ޖަމްއިއްޔާއާ ދެކޮޅަށް ރާއްޖޭގައި ގިނަ މުޒާހަރާތަކެއް ކޮށްފައި ވަނިކޮށެވެ. އެމްޑީއެން އުވާލާފައިވީ ނަމަވެސް އެ ޖަމާއަތުގައި ތިބެ، އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ލިޔުނު މީހުންނަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ސަރުކާރުގެ ނިންމުމަށް ގޮންޖަހާ އެ ޖަމިއްޔާއިން މިހާރުވެސް ގެންދަނީ ބަޔާންތައް ނެރެ ބަސް ބުނަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު