ޚަބަރު
ވ. ތިނަދޫ ބަނދަރު އަޕްގްރޭޑްކުރުމަށް އެމްޓީސީސީއަށް
ތިނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ވ. ތިނަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ޙަވާލުކޮށްފިއެވެ.

ވ. އަތޮޅުގައި ގެސްޓް ހައުސް ވިޔަފާރި އެންމެ ފުޅާކޮށް ކުރަމުން އަންނަ އެއް ރަށް ކަމަށްވާ ތިނަދޫގެ ބަނދަރު ހެދުމަށް ހަވާލުކުރީ 40.57 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރަށް އިތުރުކުރެވޭ ބައިގެގޮތުގައި 12800 ކިއުބިކް މީޓަރ ފުންކުރުން، 860 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން، 71 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން، 6 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަރ ޖެހުމާއި 482 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 354 މީޓަރުގެ ސްކޯރިންގ އެޕްރޮން ޖެހުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 249 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 59 މޫރިންގ ރިންގް ހަރުކުރުންވެސް ހިމެނެއެވެ.

ހަމައެހެންމެ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 90 އަކަ މީޓަރުގެ ރޭންޕެއް ހެދުމުގެ އިތުރުން 18 މަގުބައްތި ހަރުކޮށް 1847 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާނެއެވެ. 

ތިނަދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 360 ދުވަހުން މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

އެމްޓީސީސީން މިހާރު ވެސް އަންނަނީ ވަރަށް ގިނަ ރަށްރަށުގެ ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު