ޚަބަރު
ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު
ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސައީދު ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވައިފިއެވެ.

ކުރިން ފެމެލީ ކޯޓުގެ އިސް ގާޒީ ކަން ވެސް ކުރެއްވި ހަސަން ސައީދު ފަނޑިޔާރު ކަމުގައި ވޭތުވެދިޔަ 21 އަހަރު މަސައްކަތް ކުރައްވާ، މިއަދު މަގާމުން މުސްކުޅި ކުރައްވާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ އިއުލާނު ކޮށްފަ އެވެ.

ޙަސަން ސައީދު މީގެ ކުރިން ވަނީ ފެމިލީ ކޯޓުގެ އިސްގާޒީކަންވެސް ކުރައްވާފައެވެ. ފެމެލީ ކޯޓުގެ އިސް ގާޒީކަމުގައި ހުންނަވަނިކޮށް ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކޮށްފައިވަނީ އޮކްޓޯބަރ 2019 ގައެވެ.

ގާޒީ ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލުކުރީ އޭނާއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބެލި ސުލޫކީ މައްސަލަތަކާއި ގުޅިގެންނެވެ.

މީގެ ކުރީން ވެސް މި ގާޒީ ގިނަ މައްސަަލަތަކެއް ޖޭއެސްސީން ބެލި އެވެ. އާންމުކޮށް ހުޅުވާލަައިގެން ޖޭއެސްސީން ކުރިއަށް ގެންދިޔަ މައްސަލައެއްގައި ދިފާއުގައި ވާހަކަ ދައްކަވަމުން ވަރަށް ބޮޑަށް ކީރިތި ކުރެއްވުމުން އެ ފަހަރު ގާޒީ ހަސަން ސައީދަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނެވެ. 

ފަނޑިޔާރަކު ރިޓަޔާ ކުރެއްވިއިރު، ލިބިވަޑައިގަންވަމުން ގެންދެވި މުސާރަ އާއި ހިދުމަތަށް ބަލައި ކޮންމެ މަހަކު ވެސް އިނާޔަތެއް ދައުލަތުން ދޭނެ އެވެ. އަދި 18 އަހަރު ދަށުގެ ކުދިން ތިބި ނަމަ އެ ކުދިންނަށާއި އަނބިމީހާ/ ފިރިމީހާ އަށް ހެލްތު އިންޝުއަރެންސް ލިބިވަޑައިގަންނަވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
60%
0%
40%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު