ޚަބަރު
ސަމާލުވޭ؛ ޑެންގީ ބާރަށް ފެތުރެނީ
ޑެންގީ މަދުކުރުމުގެ ކެމްޕެއިންގެ ތެރެއިން ތަންތަން ސާފުކުރަނީ -ފޮޓޯ: ހެލްތު މިނިސްޓްރީ
މިދިޔަމަހު 320 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާޗުމާހާއި އަޅާބަލާއިރު މިދިޔަ މަހު ޑެންގީ ޖެހުނު މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. 

އެ އިދާރާގެ ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ މަހު ޑެންގީގެ 320 ކޭހެއްގެ ރިޕޯޓް ލިބުނެވެ. އެއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު 151 ކޭސްގެ އިތުރުވުމެކެވެ.

އިންފުލުއެންޒާ ވެސް މި އަހަރުގެ މިހާތަނަށް ވަނީ އިތުރުވެފަ އެވެ. އިންފްލުއެންޒާ އަށް މިހާތަނަށް 609 މީހުން ޓެސްޓުކޮށްފައި ވާއިރު 75 މީހުން ޕޮޒިޓިވްވި އެވެ.

މިދިޔަ މަސް ފެށުނުއިރު ރޯގާ، ކޮވިޑް އަދި ބޭރަށް ހިންގުން އިތުރުވި ނަމަވެސް މަސް ނިމުނުއިރު ވަނީ އެ އަދަދު މަދުވެފަ އެވެ.

މިދިޔަ މާޗް މަހު 37،969 ކޭސް ރިޕޯޓުކޮށްފައި ވާއިރު، މިދިޔަ މަހު ރިޕޯޓު ކޮށްފައި ވަނީ 29،970 ކޭސް އެވެ. އެޗްޕީއޭން ވަނީ އަރިދަފުސް ރޯގާ އާއި ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

  • ޑެންގީ ޖެހިއްޖެ ނަމަ ގޭގައި ދެވޭނެ ފަރުވާ

- އަރާމުކުރުން. - ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން. [ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުނބާ ފެނާއި ލޮނުޕެކެޓާއި ސޫޕް ފަދަ ތަކެތި] - ހުން މަޑުކުރުމާއި ގައިގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސާ ނަމަ ޕެރެސެޓެމޯލް ބޭނުންކުރުން. ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ ނުވަތަ ދިޔާތަކެތި ބޭނުން ނުކުރެވޭ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު