ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެމްއެންޕީގެ ޓިކެޓްގައި ވާދަކުރައްވާ ނާޒިމް 30 ދުވަހަށް 23 ވައުދެއް!
އަލީ ރާޒީ
08 ޖޫން 2023 - 11:17
0
comments
Tweet
Telegram
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ވެރިކަމެއްގައި ކުރައްވާނެ ކަންކަން ހިމަނާފައިވާ މެނިފެސްޓޯ ނެރެ، ވެރިކަމުގެ ފުރަތަމަ 30 ދުވަހަށް 23 ވައުދެއް އިއުލާން ކުރައްވައިފި އެވެ.
މީރުމާގައި "އުޖާލާ ޒަމާން" މެނިފެސްޓޯ ލޯންޗްކުރުމަށް ރޭ ބޭއްވި ހަފުލާގައި ނާޒިމް ވިދާޅުވީ، ރިޔާސީ ރޭހަށް ނުކުމެ ރައްޔިތުންނާ ހަމައަށް މެނިފެސްޓޯއެއް ގެންނަންޖެހުނީ، ދިވެހިންނަށް ފުދުންތެރި ދިރިއުޅުމެއް އުޅުމުގެ ޔަގީންކަން ހޯދައިދޭން ކަމަށެވެ.
ފުރަތަމަ 30 ދުވަހުގެ 23 ވައުދު:
1. ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ ދިވެހިރާއްޖެ އަދި އެންމެ ފުރަތަމަ ދިވެހިން ކަމަށް ހަދާ ސިޔާސަތު ކަނޑައަޅައި ތަންފީޒު ކުރަން ފެށުން.
2. ރާއްޖޭގެ ދެކުނުން ގެއްލުނު މަސްކަނޑު އަނބުރާ ހޯދުމުގެ މަސައްކަތް ފަށައި، ސިއްރު ކޮށްފައިވާ ސިޓީ ހާމަކުރުން.
3. ގޯތީގެ ރަޖިސްޓަރީ ހުށަހެޅުމުން ހައުސިން ލޯނު ހަމަޖައްސަން ފެށުން.
4. މެޑިކަލް އިންޝުއަރެންސް ކާޑެއް ތައާރަފްކޮށް، ބޭސްފަރުވާ އަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް، ހެލްތު އިންޝުއަރެނެސްގައި ހުރި ތަފާތު ކުރުންތައް ނައްތާލުން.
5. ޑޮމެސްޓިކް ކަރަންޓު މީޓަރުތަކުން ކޮންމެ މަހަކު ފުރަތަމަ 100 ޔުނިޓް ހިލޭ ކުރުމާއި ޑޮމެސްޓިކް ފެން ބިލުން 3،000 މީޓަރުގެ ފެން ހިލޭ ކުރުން.
6. އަތޮޅުތަކުގެ އިގްތިސޯދީ ހަރަކާތް ފުޅާކުރުމަށް ގެސްޓް ހައުސް އަޅައި، ތަޅުދަނޑި ހަވާލުކުރުން.
7. ގޭބިސީން އުފެދޭ ޑޮމެސްޓިކް ކުނި އުކާލުން ހިލޭކުރުން.
8. ކޮތަޅުން ނަގާ 2ރ. ކަނޑާލުން.
9. އެކަނިވެރި މައިންނަށް ދޭ އިނާޔަތް 4،000ރ. އަށް ބޮޑުކޮށް، ވަކި ވަރަކަށް އާމްދަނީ ނުލިބޭ އާއިލާތަކަށް މާލީ އިނާޔަތެއް ދިނުން.
10. އުމުރުން 18 އަހަރު ވެފައިވާ ކޮންމެ މީހަކަށް 3،000ރ. ގެ ރޯދަ އެލަވަންސެއް ދޭން ކަނޑައެޅުން.
11. އިސްލާމީ ފަތުވާދޭ މަތީ މަޖިލިސް އަލުން އެކުލަވާލައި، ދީނީ އިލްމުވެރިންނަށް ހައްގު ބަސް ބުނުމުގެ ޖާގަ ދިނުން.
12. ހެލްތު އިންޝުއަރަންސްގެ ތެރެއިން، މައްސަރު ދުވަސްތަކުގައި ބޭނުންކުރާ ޕެޑް ހިލޭ ލިބޭނެ ގޮތް ހެދުން.
13. މަސްވެރިންނާއި ދަނޑުވެރިންނާއި އެހެން މަސައްކަތްތެރިންނަށް ހާއްސަ ޕެންޝަން ސްކީމެއް ތައާރަފްކުރުން.
14. މަސްވެރި އުޅަނދުތަކަށް އިންޓްރެސްޓް ފްރީ ލޯނުގެ ދަށުން އާރްއެސްޑަބްލިއު ސިސްޓަމާއި ރާޑާ ސިސްޓަމް ދޫކުރަން ފެށުން.
15. މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯހެެއް އެކުލަވާލައި، އިންޓަވެންޝަން، ރިހިބިލިޓޭޝަނާއި ރީއިންޓެގްރޭޝަނަށް އަމާޒު ކުރާ ސިޔާސަތެއް ތަންފީޒު ކުރަން ފެށުން.
16. ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތައާރަފް ކުރުން.
17. އުމުރުން 18 އަހަރު ވުމުން ބޯހިޔާވަހިކަމުގެ ޝަރުތު ހަމަވާ މީހުންގެ ދަފްތަރެއް އެކުލަވާލުން.
18. ޖޭއެސްސީއަކީ ސިޔާސީ ނުފޫޒުން މިންޖުވެ، ޒާތީ ކަންކަމުން އެއްކިބާވެ ތިބެގެން އަދުލުގެ ނިޒާމު ނަޒާހަތްތެރިކަން ކަށަވަރުކުރާ މުއައްސަސާއަކަށް ހެދުން.
19. ރައްޔިތުންގެ މަޖިލީހުގެ ރިކޯލް ވޯޓު ނުވަތަ އެ ދާާއިރާއެއްގެ މީހުން ބޭނުން ނަމަ އެ މީހުންގެ މެމްބަރު ވަކިކުރެވޭ ގޮތް ތައާރަފްކުރުން.
20. ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ސަބްސިޑައިޒްކޮށް، ވޯޓާ ފިލްޓާ ސިސްޓަމް ގޭބިސީތަކަށް ދިނުން.
21. ހިޔާ ފްލެޓްތަކުގެ ކުލި 4،000ރ. އަށް ކުޑަކުރުން.
22. މާލޭގައި ދުއްވާ އުޅަނދުފަހަރު މަދުކުރުމަށް ދިވެހިންނަށް ބަސް ދަތުރުތައް ހިލޭކުރުން.
23. ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ ގޮނޑިތަކުގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުން.
މިޖަލްސާގައި ވަނީ "ނާޒިމް 2023"ގެ ނަމުގައި ހާއްސަ ވެބްސައިޓެއްވެސް އިފްތިތާހްކޮށްފަ އެވެ. މި ވެބްސައިޓުގައި "އުޖާލާ ޒަމާން" މެނިފެސްޓޯގެ ތަފްސީލާއި، ރިޔާސީ ކެންޑިޑޭޓާ ގުޅޭ މައުލޫމާތުތައް ވަނީ ހިމަނާފައެވެ.
އެމްއެންޕީގެ އުޖާލާ ޒަމާން މެނިފެސްޓޯ ބަހާލާފައިވަނީ ނުވަ ދާއިރާއަކަށެވެ. އެ ދައިރާތަކަކީ، އަދުލު އިންސާފް، ނަޒާހާތްތެރިކަން، ފަންނީ ޖީލެއް، އަހަރެންގެ ދިވެހިރާއްޖެ، އުފާވެރި ޒުވާނާ، އިސްލާމީ ވަހުދަތް، ބާއްޖަވެރި އާއިލާ، ސަލާމާތްތެރިކަން ކަށަވަރު އަދި ބަދަހި އިގްތިސާދެވެ.
ނާޒިމަކީ މިހާރު ރައްޔިތުން މަޖިލީހުގައި ދަނގެތީ ދައިރާ ތަމްސީލްކުރައްވާ މެމްބަރެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
ރައީސްދެއްވީ އުންމީދުން ފުރިގެންވާ ތަފްސީލީ ރިޔާސީ ބަޔާނެއް: ނާޒިމް
1 އަހަރު ކުރިން
0
ވަޒީރުންނަށް ރުހުން ނުދޭން އުޅެނީ ޒާތީވެގެން: ނާޒިމް
1 އަހަރު ކުރިން
0
3 ޕާޓީއެއްގެ ލީޑަރުން ވާދަކުރާ ދާއިރާތަކަށް ޕީޕީއެމް-ޕީއެންސީން ވާދަނުކުރަން ނިންމައިފި
1 އަހަރު ކުރިން
0
ރައީސް ޑރ. މުއިއްޒާއި، ނާޒިމް ބައްދަލުކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
14%
43%
29%
14%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި
6 ގަޑިއިރު ކުރިން
0
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް
6 ގަޑިއިރު ކުރިން
0
ޔުމްނު ވެއްޓުނު މައްސަލައާ ގުޅުންހުރި މީހުންނާ ބައްދަލުކޮށް މައުލޫމާތު އެއް ކުރަނީ
6 ގަޑިއިރު ކުރިން
0
ލަންކާގައި ބަހެއް ވެއްޓި 21 މީހަކު މަރުވެއްޖެ
6 ގަޑިއިރު ކުރިން
0