ޚަބަރު
ނޯޓިސް ހަމަވާ ދުވަހު މުރައިދޫގެއިން ނުކުންނާނަން: ނަޝީދު
މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެ މަނިކުފާނަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް ހަމަވުމާ އެކު، މަޖިލީހުގެ ރައީސް ހުންނެވުމަށް ދައުލަތުން ކަނޑައަޅާފައިވާ މ. މުރައިދޫގެއިން ނުކުމެވަޑައިގަންނަވާނެ ކަމަށް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ނަޝީދުގެ މައްޗަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ 54 މެމްބަރަކު ސޮއިކޮށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް އަންނަ އާދީއްތަދުވަހު ހަމަވާނެ އެވެ.

މަޖިލީސް ހުއްޓުވާލާފައިވާ މައްސަލާގައި ނަޝީދަށް އަމާޒުކުރާ ފާޑުކިއުންތަކުން މިއަދު ދިފާއުވެވަޑައިގެންނެވިއިރު، މުސާރަ އާއި އިނާޔަތްތައް ނަންގަވައިގެން ދައުލަތުގެ ހަރަދުގައި ހުންނެވި ކަަމަށް އަމިއްލަ ޕާޓީގެ މަޖިލިސް މެމްބަރުން ފާޅުކުރައްވާ ހިތްހަމަނުޖެހުމަށް ވެސް ރައްދު ދެއްވި އެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންގޮސް މަޖިލީހުގެ ރައީސްގެ އިނާޔަތް ނަގާ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކުގެ ދިފާއުގައި ރައީސް ނަޝީދު ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމާ އެކު މުރައިދޫގެއިން ނިކުމެވަޑައިގެން އަމިއްލަ ގެކޮޅު -- ގ. ކެނެރީގެއަށް ބަދަލުވެވަޑައިގަންނަވާނެ ކަމަށެވެ.

"މުރައިދޫގޭގައި ހުރުން އެއީ އަޅުގަނޑު އެއްގޮތަކަށްވެސް ކުރާ ހިތްވެގެން ކުރާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވަނީ ކުރިއަށް އޮތް އާދިއްތަ ދުވަހު އެވެ.

ގުރައިދޫގޭގައި އުޅެންޖެހޭ އެކަހެރި ދިރިއުޅުންވެސް ނަޝީދު ވަނީ ކޮންމެވެސް ވަރަކަށް ސިފަކޮށްދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ އެ ގެއަކީ ހުރިހާ ދިމާލަކުން ވެސް ބައްދާފައި ހުންނަ އަނދިރި ގެއެއް ކަމަށެވެ. މުރައިދޫގެއިން ނިކުތުމުން ސެކިއުރިޓީ ނުދީފިނަމަ "ދެން މަރުވެފައި އޮންނާނީ" ކަމުގައިވެސް ވިދާޅުވި އެވެ. 

ދައުލަތުގެ ތިން ބާރުގެ ތެރެއިން މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެ ހަމަޖައްސައިދިނުމަށް ނިންމައި ގާނޫނަށް ބަދަލު ގެނައީ، ނަޝީދަށް އަމާޒުކޮށް 6 މެއި 2021ގައި ދިން ޓެރަރިސްޓު ހަމަލާއަށް ފަހު އެވެ. އެ ގެ ހުންނަ ސަރަހައްދަކީ ރެޑް ޒޯނެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
40%
20%
10%
30%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު