ކުޅިވަރު
ޗެސްޓާރ ވިމެންސް ފްޓްސަލް ޓޯރނަމަންޓް 2023 ގެ ޗެމްޕިއަންކަން އޮބިއަންސް ހޯދައިފި
ނ. މަނަދޫ ޗެސްޓާރ ސްޕޯރޓްސްއިން ކުރިޔަށް ގެންދިޔަ ޗެސްޓާ ވިމެންސް ފްޓްސަލް ޓޯރނަމަންޓް ގެ ޗެމްޕިއަންކަން އޮބިއަންސްއިން ހޯދައިފިއެވެ. 

މީ ވިދިވިދި ގެން އޮބިއަންސްއިން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ނ. އަތޮޅު މިލަދޫ އަށް ނިސްބަތްވާ އޮބިއަންސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މަނަދޫގެ ވައިނޮޓް ގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. 

ފައިނަލްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޮބިއަންސްގެ ފާތިމަތު ސާލިޔާއެވެ. ޖުމްލަ ނުވަ ޓީމާއެކު ކުރިޔަށް ދިޔަ މި މުބާރާތުގެ ފެއާރޕްލޭ ޓީމަކީ މަނަދޫގެ އެލްއެލް ކްއީންސް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އޮބިއަންސްގެ ހަސީނާ އާދަމް، އާމިނަތު ރަނީން، އާމިނަތު ޝާމިލާ މީގެ އިތުރުން ދެން ފަސް ކުޅުން ތެރިންގެ ތެރޭ ހިމެނުނީ އެފްސީ ސިކާޑާގެ ފާތިމަތު މިއުސާ އަދި ވައިނޮޓްގެ ފަރަހް އަހުމަދެވެ. 


މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ ފަހުރުވެރި މަގާމު ( މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ) މަހާ ރެހެންދީ އޮފް ޗެސްޓަރ ވިމެންސް ފްޓްސަލް  ޓޯރނަމަންޓް 2023 ހޯދީ އޮބިއަންސްގެ ޖާރޒީ ނަމްބަރ 6 ފާތިމަތު ސާލިޔާއެވެ. 

ބެސްޓް ކޯޗްގެ މަގާމް ވައިނޮޓްގެ ކޯޗް އިބްރާހިމް އަބްދުލް ގަފޫރް ހޯދިއިރު ބެސްޓް އަންޑަރ 20 ޕްލޭޔަރ އޮފްދަ ޓޯނަމެންޓްގެ މަގާމު ހޯދީ އޮބިއަންސްގެ މަރިޔަމް ލަމީސްއެވެ. 

މީ ޗެސްޓާރ އިން މި މުބާރާތް ކުރިޔަށް ގެންދިޔަ ފަސްވަނަ ފަހަރެވެ. ޗެސްޓާރ ސްޕޯޓްސް އަކީ ނ. އަތޮޅުގައި ވެސް ފާހަގަ ކޮށްލެވޭ ހަރަކާތްތެރި ޖަމިއްޔާއެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު