ޚަބަރު
ބައެއް ކެންޑިޑޭޓުންގެ ވާހަކައިން ހީވަނީ ހުދުމުހުތާރުވެރިކަމެއް ކުރަން ބޭނުންވާހެން: މައުމޫން
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ކެމްޕެއިން ކުރައްވަމުން ގެންދަވާ ބައެއް ކެންޑިޑޭޓުން ދައްކަވާ ވާހަކަފުޅުތަކުން އެ ބޭފުޅުން ކުރައްވާނީ ހުދުމުހުތާރު ވެރިކަމޭ ހީފުޅުވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފާޑު ވިދާޅުވެއްޖެ އެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ކެންޑިޑޭޓެއްގެ ނަން ވިދާޅުނުވިޔަސް ވަގުތުން މިވެނި ކަމެއް ހުއްޓުވާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމުގެ ކަންބޮޑުވުންފާޅުކުރެއްވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ. އެ ބޭފުޅުން ގެންދަވަނީ ސިޔާސަތުތައް ހާމަކުރައްވައި ވެރިކަމުގެ ފަސް އަހަރަށް ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ.

ވެރިކަމަށް އާދެވުމުން ވަކި ކަމެއް ކުރަން ނުވަތަ ހުއްޓުވާން ވިދާޅުވާ އިރު ގާނޫނު ކޮބައިތޯ މައުމޫން ސުވާލު އުފެއްދެވި އެވެ.

"ބައެއް ކޭންޑިޑޭޓުން ވާހަކަފުޅު ދައްކަވާއިރު ހީވަނީ ހުދު މުހުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅު ވާހެން. ވަގުތުން މިވެނި ކަމެއް ކުރައްވާ ނަމޭ ވަގުތުން މިވެނި ކަމެއް ހުއްޓުވާ ނަމޭ. ކޮބައިތޯ ގާނޫނު؟ ކޮބައިތޯ ޑިއު ޕްރޮސެސް؟،" މައުމޫން ސުވާލު ކުރައްވާފައިވެއެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓް ނަގަން 22 ދުވަހަށް ވެފައިވާއިރު އިންތިޙާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެވެސް ކެމްޕެއިން ފޯރި ވަނީ ގަދަވެފައެވެ. ހުރިހާ ކެންޑިޑޭޓުންވެސް ގެންދަވަނީ އެ ބޭފުޅުންގެ ރިޔާސީ ވައުދުތައް އާއްމުކުރައްވާ ރައްޔިތުންނާއިއެކު ބައްދަލުވުންތައް ބާއްވަވަމުންނެވެ. 8 ކެނޑިޑޭޓޫން ވާދަކުރާ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަމަހުގެ 9 ވަނަދުވަހުއެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު