
ޓުވިޓާ މެދުވެރިކޮށް މިރޭ އާންމު ކުރެއްވި ވީޑިއޯއެއްގައި ފާރިސް ވިދާޅުވީ އޭރު ލިބުނު ހިތާމަތަކުގައި އަދިވެސް ބަޔަކު ދެމިތިބިކަން ގަބޫލުކުރައްވާ ކަމަށެވެ."ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި އަދި ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއް، އަޅުގަނޑު ގަބޫލުކުރާ ކަމެއް،""އަދި މި ހިތާމައިގައި އަދިވެސް ބަޔަކު ދެމިތިބި ކަމީ އަޅުގަނޑު ގަބޫލުކުރާ ކަމެއް. އެއީ އަޅުގަނޑު ދޮގުކުރާ ކަމެއް ނޫން. އަޅުގަނޑު މިކަމަށްޓަކައި ތިޔަބޭފުޅުން އަރިހުން ނިހާޔަތަށް މައާފަށް އެދެން،" ފާރިސް ވިދާޅުވިއެވެ.