
"ދިވެހިންގެ ނިންމުން" ނަމުގައި ބާއްވާ އެ ހިނގާލުން މިއަދު ހަވީރު 15:45 ގައި ފަށާނީ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ.ހިނގާލުމުގައި ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒާއި، ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެހެންކަމުން، ޑރ. މުއިއްޒުގެ ހުރިހާ ސަޕޯޓަރުން އެ ހިނގާލުމުގައި ބައިވެރިވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެދެ އެވެ.ރިިޔާސީ އިންތިހާބުގައި ވޯޓުލުން އޮންނާނީ މާދަމާ ހެނދުން ފެށިގެން ހަވީރަށެވެ. މުއިއްޒު ވަނީ ހުރިހާ ރައްޔިތުން ވެސް ވީހާވެސް ހެނދުނަކާ ނިކުމެ ވޯޓުގެ ކަންކަން ނިންމުމަށް އިލްތިމާސް ކުރައްވައިފައެވެ.ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ސުންގަނޑި ހަމަވާނީ މިއަދު އިރުއޮއްސި ހައެއް ޖަހަން ދެނެވެ. މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން މާދަމާ އިރުއޮއްސި ހައެއްގެ ނިޔަލަށް ކެމްޕެއިން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނަންބަރު ތަރުތީބުންކެންޑިޑޭޓު ނަންބަރު 1 - އުމަރު ނަސީރުކެންޑިޑޭޓު ނަންބަރު 2 - ހަސަން ޒަމީލް