ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޖޭޕީއާއެކު ކޯލިޝަން ނުހަދަން ޔާމީން އަންގަވައިފި
މަރިޔަމް އަނާ
11 ސެޕްޓެމްބަރ 2023 - 13:49
0
comments
Tweet
Telegram
މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ނުހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް/ޕީއެންސީ އަށް އިއްޔެ އަންގަވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ކަށަވަރު ނުކުރެވި އިންތިޚާބު ވަނީ ދެވަނަ ބުރަކަށް ގޮސްފައެވެ. އެހެންވެ، އެ ކަމުގެ އުފާ ފާޅުކުރަން ރޭ ބޭއްވި ޖަލްސާއެއްގައި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ފުރަތަމަ ބުރުން ނާކާމިޔާބުވީ ހަ ކެންޑިޑޭޓުންނަށް ވެސް ކޯލިޝަން ހެދުމަށް ދައުވަތު އަރުވައިފައެވެ.
އެކަމަކު، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ 11 އަހަރަށް ޖަލަށްލާފައިވާ ޔާމީން ޖަލުން ފޮނުއްވި ނޯޓެއްގައި ވަނީ ޖޭޕީއާ އެކު މަޝްވަރާ ނުކުރާން އެދިލައްވައިފައެވެ. ޕީޕީއެމްގެ އިސް އޮފިޝަލަކު ވަނީ އެކަން "ހޯރަ"އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ޖޭޕީއާ އެކު ކޯލިޝަން ނުހެދުމަށް ޔާމީންގެ އެންގެވުމެއް އައިއިރު، ގާސިމްގެ އަރިހުގައި އެންމެ އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންނަކީ ޔާމީނާ އެކު ޕީޕީއެމްގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. އޭގެ ތެރޭގައި އަހުމަދު ނިހާނާއި އިލްހާމް އަހުމަދާއި ރިޔާޒް ރަޝީދާއި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިހާރު ގެންދަވަނީ އެހެން ފަރާތްތަކާ އެކު މަޝްވަރާތައް ފައްޓަވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު، އެ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މުއިއްޒަށް އިތުރު ތާއީދާއި ހިތްވަރު ދިނުމަށް ޔާމީން މިއަދު އެދިވަޑައިގަންނަވާ ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
17 ދުވަސް ކުރިން
0
ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މުހިންމު މަޝްވަރާތަކެއް
21 ދުވަސް ކުރިން
0
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލަނީ..!
24 ދުވަސް ކުރިން
0
އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
26 ދުވަސް ކުރިން
0
ރައްޔިތުންގެ ސިއްހަތު ސަލާމަތްކޮށް، ޖީލަކަށް ދުންފަތް މަނާކުރަން މިއަދު ކެބިނެޓުގައި މަޝްވަރާކުރަނީ
ކިޔުންތެރިންގެ ޝުއޫރު
25%
50%
25%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
3 ގަޑިއިރު ކުރިން
0
ވެއްޓުނީއެއް ނޫން، މަރުވަން ދޫކޮށްލީ: ޔުމްނުއާ ހަވާލާދީ އާއިލާ
3 ގަޑިއިރު ކުރިން
0
ފުލުހުންގެ ބައެއް ޑިޕާޓްމެންޓުތަކުގެ ވެރިން ބަދަލުކޮށްފި
3 ގަޑިއިރު ކުރިން
0
މެދުނުކެނޑި ބޭސް ލިބޭގޮތް ހެދުމަށް އެސްޓީއޯއިން އިންޑިއާ ކުންފުންޏަކާއެކު ސޮއިކޮށްފި
3 ގަޑިއިރު ކުރިން
0