ޚަބަރު
ކޯލިޝަން ހެދުމަށް ޕީޕީއެމުން އެމްއާރުއެމްއާ މަޝްވަރާކޮށްފި
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާ އެކު ކޯލިޝަންގެ މަޝްވަރާތައް ކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސަށް ލިބިވަޑައިގަތީ 3,190 ވޯޓެވެ.

ފާރިސް ކުރެއްވި ޓްވީޓެއްގައި ވަނީ، އެ ބައްދަލު ކުރެއްވުމުގައި ފާރިސްގެ ޓީމުން ގެންގުޅުއްވާ އިގްތިޞާދީ، ސިޔާސީ އަދި އިޖްތިމާއީ ސިޔާސަތުތައް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި، މިއީ ޑިމޮކްރަސީ ހަރުދަނާ ކުރުމުގައްޔާއި އިންސާފާއި ހަމަހަމަކަން ގައުމުގައި ދެމެހެއްޓުމަށް މުހިންމު ސިޔާސަތުތަކެއް ކަމަށް ފާރިސްގެ ޓްވީޓުގައި ވެއެވެ.

މި އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ލައްކައަކަށް ވުރެ ގިނަ ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއާ ދެން ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.  

ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ، އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު އުފެއްދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެވެ. ހަތަރުވަނައަށް އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ދިޔައިރު، ގާސިމަށް ލިބިވަޑައިގަތީ ފަސްވަނައެވެ. އެ މަނިކުފާނަށް މި އިންތިޚާބުގައި ލިބިވަޑައިގަތީ 5،460 ވޯޓެވެ. އެއީ، ވޯޓުލީ އާބާދީގެ 2.4 އިންސައްތައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު