ޚަބަރު
ކޮމަންވެލްތު ސްކޮލާޝިޕަށް ހުޅުވާލައިފި
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން - ފޮޓޯ: ރައީސް އޮފީސް
އިނގިރޭސިވިލާތުގައި މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބޭ، "ކޮމަންވެލްތު ސްކޮލާޝިޕް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮމަންވެލްތު ސްކޮލިޝިޕަށް އެދި ހުށެޅޭނީ މާސްޓާސް ޑިގްރީ ލެވެލްއަށް ކަމަށެވެ. މި ސްކޮލަޝިޕް ލިބޭނީ މާސްޓާސް ޑިގްރީ ހާސިލް ކުރަން ބޭނުންވާ ދެ ފަރާތަކަށެވެ.

މާސްޓާސް ޑިގްރީގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ކިޔަވަން އެދޭ ކޯހަކުން ބެޗްލާސް ޑިގްރީ ހާސިލްކޮށް އަދި ކޮމަންވެލްތު ސްކޮލަޝިޕް ކޮމިޝަންގެ ވެބްސައިޓުގައި އިތުރު ޝަރުތެއްވާނަމަ އެ ޝަރުތެއް ފުރިހަމަކޮށްފައިވުމެވެ.

ކިޔަވަން އެދޭ ކޯހާ ގުޅޭ ޝަރުތުތަކުގެ އިތުރުން އިތުރު ޝަރުތުތަކެއް މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ. 

މީގެ އިތުރުން ސްޓޫޑޭންޓް ލޯން ސްކީމަށް ހޮވިފައިވާ ކެންޑިޑޭޓުންނަށް ލޯނު އެގްރީމެންޓުގައި ސޮއިނުކުރާ ނަމަ، މި ސްކޮލާޝިޕަށް އެދި ހުށަހެޅޭނެ އެވެ. އަދި ސްކޮލާޝިޕަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މި ސްކޮލާޝިޕަށް އެދި ހުށަހެޅުމުގެ ސުންގަނޑިއަކީ ސެޕްޓެމްބަރު 26، ގެ 13:30 އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ސްކޮލާޝިޕަށް އެދި ފޯމު ހުށަހެޅޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު