ޚަބަރު
ވިސާއާ ނުލާ ހޮންޑިއުރާސް އަށް ދެވޭ ގޮތް ހަދައިފި
ދުރާލާ ވިސާ ނެގުމަކާ ނުލާ ދިވެހިންނަށް ހޮންޑިއުރާސް އަށް ދަތުރު ކުރެވޭނެ ގޮތް ހެދުމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އެވެ. ހޮންޑޫރާސްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހާރިޖީ ވަޒީރު އެޑުއާޑޯ އެންރީކޭ ރެއިނާ ގާސިޔާއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގައި ވިސާ ނެތި 30 ދުވަހަށް އެތެރެވެވޭނެ ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހަލީލް ވިދާޅުވީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ހޮންޑިއުރާސް ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށާއި މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ދިވެހިރާއްޖެއިން ހޮންޑޫރަސްއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 13 އޮކްޓޫބަރ 2011 ގައެވެ. މިއަހަރު މި ގުޅުމަށް 12 އަހަރު ފުރިގެންދާނެއެވެ


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު