އަލީ ރާޒީ
21 ސެޕްޓެމްބަރ 2023 - 19:46
0 comments
ވަރިވާން ދިޔަ އަންހެނަކަށް ގުޅި މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ގާޒީގެ ސަސްޕެންޝަން ދަމަހައްޓަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކޮށްފައިވާކަން ސާބިތުވާތީ, ޖޭއެސްސީން ވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު އަލީ އާދަމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފަ އެވެ. ނަމަވެސް އަދި އޭނާ ވަކިކުރުމުގެ މައްސަލަ އަދި މަޖިލީހުގައި އެޖެންޑާއެއް ނުކުރެ އެވެ.ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާޒީ އަލީ އާދަމްގެ ސަސްޕެންޝަން އިތުރުކުރަން ނިންމީ, އޭނާއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ އިތުރު އެހެން މައްސަލައަކާ ގުޅިގެން، ތަހުގީގު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި، ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.އާދަމް އަލީ ވަކިކުރަން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ އެތައް މެސެޖުތަކެއް ކޮށްފައިވާ ކަމަށް އަމިއްލައަށް އިއުތުރާފުވެފައި ވާތީ އެވެ.އަލީ އާދަމް ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލަ އެކޯޓުގައި ހިނގަމުންދަނިކޮށް، އެ ޤަޟިއްޔާ ބަލަމުންދިޔަ އަލީ އާދަމް، ދަޢުވާގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް، ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ޝަރީޢަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި، ރަޙްމަތްތެރިކަން ބާއްވަން ހުށަހަޅައި، ދެމަފިރިކަމުގެ ގުޅުމުގެ ޒާތީ މައުލޫމާތު އަހައި، މި ނޫން ވެސް ޒާތީ އެކި މެސެޖުތައްކޮށް، ކުރާ މެސެޖުތައް ޑިލީޓްކޮށްފައި ބެހެއްޓުމަށް އެދި މެޖިސްޓްރޭޓް ޢަލީ އާދަމް މުވާސަލާތު ކޮށްފައިވާކަން، ތަޙުޤީޤަށް ލިބިފައިވާ ސްކްރީންޝޮޓްތަކުންނާއި، ބަޔާންތަކުން އަދި އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ އިޢުތިރާފުން ސާބިތުވެފައިވާތީ އެވެ.އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އޭނާ މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުރަނގަޅު މަޤުސަދެއް އޮވެގެން، އެ ޚަސްމު އެ ވަގުތު ހުރި ނާޒުކު ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުންކަން ސާބިތުވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.