ޚަބަރު
ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފި
ރާއްޖޭގެ ގިނަ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ އުދަ އަރާނެ ކަމަށް ލަފައިކުރެވެނީ ކ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދުގެ ހުރިހާ އަތޮޅަކަށްކަމަށެވެ. އެ އިދާރާއިންވަނީ އެ ހުރިހާ އަތޮޅަކަށް ހުދު ސަމާލު ނެރެފައެވެ.

މި ދުވަސްވަރު މާލެއަށް ވެސް އުދައިގެ އަސަރު ކޮންމެވެސް މިންވަރަކަށް ކުރެއެވެ.

މީގެ އިތުރުން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަވެ، ބައެއް ރަށްރަށަށް ވެހުނު ބޯ ވާރޭގައި ގިނަ ގެއްލުންތަކެއް ވެސް ލިބިފައިވެއެވެ.

މެޓް އޮފީހުން އިއްޔެ ވަނީ އުދަ އަރައިފާނެ ކަމަށް ލަފާކޮށް މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައިޓް އެލާޓް ނެރެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު