ޚަބަރު
ކަރަންޓު ބިލް ފްލެޓު ރޭޓަށް ބަދަލު ކުރުމުން ބިލު 50 ގުނަ ހެޔޮވާނެ: ޝަރީފް
ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމުން ގޭބިސީތަކުގެ މިހާރުގެ ކަރަންޓް ބިލުން 30-50 ޕަސެންޓު ކުޑަވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މާވެޔޮ މަގު ހުވަދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް އެކި ބޭންޑްތަކަކުން އަގުކުރުމުގެ ބަދަލުގައި ފްލެޓް ރޭޓަކުން އަގު ނަގަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ އެކަންބޮޑުވުމަށް ހައްލެއް ގެނައުމުގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ގެއެއްގެ ކަރަންޓް ރޭޓް، ފްލެޓް ރޭޓަކުން ނަގާ ގޮތަށް ބަދަލު ކުރައްވަން ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރިޔަސް އެ ބޮޑުވާ ނިސްބަތް ބޮޑުވެގެންނެއް ނުދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ނިންމުމާ ބެހޭ ގޮތުން ސްޓެލްކޯގެ އެމްޑީ ޝަރީފު ވިދާޅުވީ މި ނިންމުން ތަންފީޒު ކުރަން ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށާ، މި ބަދަލުގެ ސަބަބުން ކަރަންޓު ބިލް 30 ޕަސެންޓާއި 50 ޕަސެންޓުގެ ހެޔޮވުމެއް އަންނާނެ ކަމަށެވެ. އަދި ސަރުކާރުގެ ޕޮލިސީ މި ނިންމެވުމުގެ ސަބަބުން އެ ކުންފުންޏަށް އަންނާނެ ބުރަ ބެލުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 

އޭނާ ވިދާޅުވީ މިހާތަނަށް އަންދާޒާ ކުރެވިފައިވާ ގޮތުގައި މި ބަދަލުގެ ސަބަބުން އެ ކުންފުންޏަށް ގެއްލުމެއް ނުވާނެ ކަމަށެވެ. 

"ކަރަންޓުގެ ހިދުމަތަކީ ފައިދާގަ ދޭ ހިދުމަތެއް ނޫން،" ޝަރީފު ވިދާޅުވި އެވެ. 

ސްޓެލްކޯއިން ރާއްޖޭގައި ދެމުން ގެންދާ ކަރަންޓުގެ ހިދުމަތަށް މިހާރުވެސް ސަރުކާރުން ސަބްސިޑީ ދެމުން ގެންދެ އެވެ. ކަރަންޓުގެ އަގު ހެޔޮވެގެން ދަނީ މި ސަބްސިޑީގެ ސަބަބުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު