އަލީ ރާޒީ
28 ސެޕްޓެމްބަރ 2023 - 19:51
0 comments
ދިރާގުން 5ޖީ ޓާބޯ ވައިފައި ތައާރަފްކޮށްފި އެވެ.

ދިރާގުން އަލަށް ތަޢާރަފްކުރި މި ޕްލަގް-އެންޑް-ޕްލޭ 5ޖީ ޓާބޯ ވައިފައިއާއެކު ކަސްޓަމަރުންނަށް މިހާރު 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިރާގު 5ޖީ ޓާބޯ ވައިފައި ޑިވައިސްއާއެކު ކަސްޓަމަރުންނަށް އެފަރާތްތަކުގެ ޑޭޓާ ބޭނުންތައް ފުއްދުމަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތަކުގެ އެކި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކޭޖުތައް ހިޔާރުކުރެވޭނެ އެވެ.
އެ ގޮތުން ކަސްޓަމަރުންނަށް 5ޖީ ބޫސްޓާތައްވެސް ނެގޭނެ ކަމަށާއި ޓާބޯ ޕޯސްޓްޕެއިޑް ޕެކޭޖްތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާއާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.
މި އާ 5ޖީ ޓާބޯ ވައިފައިއާ ބެހޭ އިތުރު މަޢުލޫމާތު
ދިރާގު ވެބްސައިޓުން ލިބޭނެކަން ދިރާގުން ފާހަގަކުރެ އެވެ.
ދިރާގުން ދަނީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަން ގިނަ މަސައްކަތްތައް ކުރަމުންނެވެ.