ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އާ ގައުނެއް، ތާރީހާއި އިސްލާމީވަންތަ ފަރުމާއެއް
ސުޕްރިމް ކޯޓް އަދި ޝަރުއީ ދާއިރާ ރަމްޒު ކޮށްދޭ ގައުނެއް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހާއްސަ ކޮށްގެން އެ ކޯޓުން އަލަށް ތަޢާރަފުކޮށްފިއެވެ.

ސުޕްރީމް ކޯޓު 2008 ވަނަ އަހަރު އުފެދުނު ފަހުން މިހާތަނަށް، އެ ކޯޓާއި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ހާއްސަ ގައުނެއް ބޭނުން ކޮށްފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުން މިއަދު ބުނީ، އެކަން ނިމުމަކަށް ގެނެސް މިއަދު ތައާރަފްކޮށް ބޭނުންކުރަން ފެށި ގައުންތަކަކީ ސުޕްރީމް ކޯޓާއި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ގައުންތަކެއް ކަމަށެވެ.

ޝަރީއަތުގެ މަޖިލިސްތަކުގައި އުއްތަމަ ފަނޑިޔާރު މިހާރު ތުރުކުރައްވަނީ ރަަން ކުލައިގެ ރިބަން އަޅާފައިވާ ކަޅުކުލައިގެ ގައުނެކެވެ. އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން މިހާރު ތުރުކުރައްވާ ކަޅު ގައުންގައި އަޅާފައި ހުންނަނީ ރިހި ކުލައިގެ ރިބަނެވެ.

އާ ގައުނުގެ ޑިޒައިންގައިވާ ގޮތުން އުއްތަމަ ފަނޑިޔާރު ތުރު ކުރައްވާނީ ރަން ކުލައިގެ ދެ ފަށުގެ ރޭނދާއެއް ލާފައިވާ ގައުނެކެވެ. އަދި ސުޕްރީމް ކޯޓުގެ ދެން ތިއްބެވި ފަނޑިޔާރުންގެ ގައުނުގައި ހުންނާނީ އެންމެ ރޭނދާ އެކެވެ.

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ގައުނު ތުރު ކުރައްވާނީ، ޝަރީއަތުގެ މަޖިލީހާއި ހާއްސަ މުނާސަބަތަކުގައި ކަމަށް ސުޕުރިމް ކޯޓުން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
50%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު