
ފާރިސް އެ ކަން ހާމަކުރެއްވީ އޭނާގެ އެކްސް (ޓްވީޓާ)ގައި ކުރެއްވި ޕޯސްޓެއްގައެވެ.އެ ޕޯސްޓުގައި ފާރިސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މައި މަރުކަޒުކަމަށެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފައިވާކަމަށް ފާރިސް ވިދާޅުވިއެވެ.ފާރިސް ވަނީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މައްޗަންގޮޅީ އުތުރު ދާއިރާގެ ގޮނޑި އަށް ވާދަކުރައްވާފަ އެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ރަޝީދު (ބޯދިގު) އެވެ.ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް ވާދަކުރެއްވިއިރު އެ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ހަ ވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވީ ފާރިސްއެވެ. އެއީ 2،979 ވޯޓެވެ.