ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ކުޅިވަރު
އެފްއޭމް އިން ނުދައްކާ އޮތް ފަސް ލައްކަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފި
އަލީ ރާޒީ
01 ނޮވެމްބަރ 2023 - 18:24
0
comments
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް - ފޮޓޯ: މިހާރު
Tweet
Telegram
އެފްއޭއެމް އިން ބީހައިވް ހޮޓެލްސްއަށް 32،426 އެމެރިކާ ޑޮލަރު -- 498،712 ދިވެހި ރުފިޔާ ދައްކަން ހުކުމްކޮށްފި އެވެ.
ދައުވާ އާ ގުޅޭ ގޮތުން އެފްއޭއެމް އިން ބުނެފައިވަނީ އެ ފައިސާ އެފްއޭއެމުން ނުދެއްކިވަނީ، އެސޯސިއޭޝަން މާލީގޮތުން ދަށްވުމުގެ ސަބަބުން ކަމަށާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ލިބެން ޖެހޭ ފައިސާ އެ ދުވަހާ ހަމައަށް ލިބިފައި ނުވާ ކަމަށް އެފްއޭއެމް އިން ވަނީ ޝަރީއަތުގައި ބުނެފައެވެ. ދައުވާގައި ބުނާ 32،426 އެމެރިކާ ޑޮލަރު ދޭންޖެހޭ ކަމަށް އެފްއޭއެމުން ވަނީ އެއްބަސްވެފައެވެ. އެއި ދިވެހި ރުފިޔާއިން ބަލާނަމަ ފަސް ލައްކަ ރުފިޔާއެވެ. ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން ބީހައިވް އިން ހުށަހަޅާފައިވާ ދެ ޕަސެންޓު ދެއްކުމަށް އެފްއޭއެމުން އިންކާރު ކުރިއެވެ. އެ އެސޯސިއޭޝަނުން ބުނީ ފަހުން ދައްކާގޮތަށް ބީހައިވް އިން ފައިސާ ދޫކޮށްފައިވީ ނަމަވެސް އެ ފައިސާ ނުދެއްކޭ ހާލަތުގައި ގެއްލުމުގެ ބަދަލު ދިނުމަށް އެފްއޭއެމުން އެއްބަސްވެފައި ނޯންނާނެ ކަމަށެވެ.
ހަމައެއާއެކު ބީހައިވް ހޮޓްލްސްއިން ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ އަކީ ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަން، އެފްއޭއެމަށް މިވަގުތު ދިމާވެފައިވާ ހާލަތުން އެކީ އެއްފަހަރާ ދެއްކޭނެ ފައިސާއެއް ނޫން ކަމަށާއި އެ ދަރަނި އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކުމަށް އަމުރުކޮށްދިނުމަށްވެސް އެފްއޭމުން ވަނީ އެދިފައެވެ.
އެފްއޭއެމްއާ ގުޅޭ ވަރަށް ގިނަ މައްސަލަތައް ކޯޓުގައި މިހާރުވެސް ދަނީ ހިނގަމުންނެވެ. އަދި ބައެއް މައްސަލަތަކުގައި މީގެކުރިން ހުކުމްވެސް ކޮށްފައިވެ އެވެ.
އެފްއޭއެމްއަށް އެކި ފަރާތްތަކުން އެހީއާއި ސްޕޮންސާ ގޮތުގައި ދިން ފައިސާއަށް އެތަނުގެ ވެރިން ހިޔާނާތްތެރިވެފައިވާ ކަމަށް ބުނާ އެތައް މައްސަލަތަކެއްގައި އާންމުން ވާހަކަދައްކަމުން ދަނިކޮށް މިމަހުގެ 22 ވަނަ ދުވަހު ކުއްލި ގޮތަކަށް ފުލުހުން ވަނީ އެފްއޭއެމް ހައުސްއަށް ވަދެ މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ.
ފުލުހުން ތުހުމަތުކުރާ ބައެއް މައްސަލަތަކުގެ ހެކިތަކެއް ފުލުހުން ހޯދާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
ބައްސާމުގެ ޕާސްޕޯޓް ދޫކޮށެއް ނުދިން
3 މަސް ކުރިން
0
ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީލޯންޑަރިންގެ ދައުވާ އުފުލައިފި
4 މަސް ކުރިން
0
ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި
4 މަސް ކުރިން
0
އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ހުއްޓާލުމަށް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް އަންގައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލެ 2 ގެ ބީޗުސައިޑުން 13 ބިމެއް ވިއްކަނީ
2 ގަޑިއިރު ކުރިން
0
ބޮޑު ވައުދުފުޅު؛ އިންޑިއާގެ ހުރިހާ ސިފައިން ބާލައިފި
2 ގަޑިއިރު ކުރިން
0
ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރުގަދަ ކުރަން މަޝްވަރާކޮށްފި
6 ގަޑިއިރު ކުރިން
0
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދެވޭ ގޮތަށް ހަމަޖައްސައިފި
6 ގަޑިއިރު ކުރިން
0